ENGLISH

03 ޖޫން 2025

Advertisement

މެސީގެ އެހީތެރިކަމާއެކު އިންޓަރ މިއާމީ އަށް މުހިއްމު މޮޅެއް

29 މޭ 2025

|

މުޙައްމަދު އަދުހަމް

އިންޓަރ މިއާމީއާ މޮންޓްރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އޭޕީ

އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ ދެއްކި މޮޅު ކުޅުމާއެކު އިންޓަރ މިއާމީ 4-2 އިން މޮންޓްރެއާލް ބަލިކޮށްފިއެވެ.

މިއީ އެމެރިކާގެ މޭޖާ ލީގު ސޮކާގައި ކުޅެމުންއަންނަ އިންޓަރ މިއާމީ އެންމެ ފަހުން ކުޅުނު 8 މެޗުގެ ތެރެއިން މޮޅުވި ދެވަނަ ފަހަރެވެ. އެ ޓީމު އެންމެ ފަހުން މޮޅުވީ މި މެއި މަހުގެ ފުރަތަމަ ހަފްތާގައެވެ.

ޗޭސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިންޓަރ މިއާމީ އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން އެ ޓީމުގެ ކެޕްޓަން، މެސީ ވަނީ ދެ ގޯލްޖަހައިދީފައެވެ. އެ ޓީމުން ޖެހި އަނެއް ދެ ގޯލްގެތެރެއިން އެއް ލަނޑުޖަހައިދޭން މެސީ އެހީތެރިވެދިންއިރު، އެ ލަނޑުތައް ޖެހީ ލުއިސް ސުއަރޭޒް އެވެ.

މިއީ އަންނަ މަހު ފަށާ ފީފާ ކްލަބް ވޯލްޑްކަޕްގެ ކުރީން ފޯމު ދަށްވެފައިވާ އިންޓަރ މިއާމީ އަށް މުހިއްމު މެޗެކެވެ. އިންޓަރ މިއާމީ އަށް އެ މުބާރާތުގެ ކުރީން، ލީގުގައި އަދި ބާކީ މެޗެއް އެބައޮތެވެ. އެ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނިކުންނާނީ ކޮލަމްބަސްއާ ދެކޮޅަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މިއާމީގެ ކޯޗު، ހަވިއޭ މަޝެރާނޯ ބުނީ، މިއާމީ މިހާރު އޮތް ހާލަތު އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. މެޗުތައް އެނަލައިޒްކުރާއިރު ހަމައެކަނި ބަލަންޖެހޭނީ ނަތީޖާއަށް އެކަނި ނޫން ކަމަށާއި، މުޅި މެޗަށާއި ކުޅޭ ގޮތް ވެސް އެނަލައިޒް ކުރަންޖެހޭނެ ކަމަށް ވެސް މަޝެރާނޯ ފާހަގަކުރިއެވެ.

އޭނާ ބުނީ، ބައެއް މެޗުތަކުގައި މިއާމީ ބޭނުންވި ނަތީޖާ ނުނެރެވުނު ކަމަށާއި، އެކަމަކު އެ މެޗުތަކުން އެ ޓީމަށް އެއަށްވުރެ ރަނގަޅު ނަތީޖާއެއް ލިބެންޖެހޭނެ ކަމަށެވެ. ނަމަވެސް، ފުޓްބޯޅައިގައި މެޗެއްގައި އެއްވެސް އެއްޗެއް ލިބެން ނުޖެހޭނެ ކަމަށާއި، އެކަން ދަނޑުމަތީގައި ޖެހޭނީ ސާބިތުކޮށްދޭން ކަމަށް މަޝެރާނޯ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު