ENGLISH

02 ޖޫން 2025

Advertisement

ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ޕްލޭޔާ މެސްކޮޓާ އެކު ދަނޑަށް އަރާ ނަސީބުވެރިޔާ ހޮވައިފި

27 މޭ 2025

|

މުޙައްމަދު އަދުހަމް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ޕްލެއާ މެސްކޮޓުގެ ނަސީބުވެރިޔާ ހޮވުން. --ފޮޓޯ: ބީއެމްއެލް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ވާދަކުރާ ދެ ޓީމުގެ ކުޅުންތެރިންނާ އެކު، މެޗު ފަށަން ދަނޑަށް އަރާ ޕްލެޔާ މެސްކޮޓުންގެ ތެރޭގައި ހިމެނޭނެ ދިވެހި ނަސީބުވެރިޔާ ހޮވައިފި އެވެ.

މި ޕްރޮމޯޝަނުގެ ނަސީބުވެރިޔަކަށް ހޮވުނީ، ހއ. އުތީމު/ އަސްރަފީގޭ ސުމައްޔާ ސާޢާދު އިބްރާހީމް އަށެވެ. އެއީ ކުޑަ ކުއްޖަކަށް ވުމުން ސުމައްޔާއާ އެކު އޭނާގެ ބައްޕަ ސާޢާދު އިބްރާހިމް ވެސް ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށް ދާނެ އެވެ.

ޖަރުމަނުގެ މިއުނިކުގެ އެލިއާންޒް އެރީނާގައި އޮންނަ ފައިނަލް މެޗުގެ ޕްލެޔާ މެސްކޮޓާ އެކު، ފްރާންސްގެ ޕީއެސްޖީ އާއި އިޓަލީގެ އިންޓަރ މިލާންގެ ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ފުރުސަތު އެ ދެ މީހުންނަށް ލިބޭނެއެވެ.

މި ޕްރޮމޯޝަނަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާސްޓަކާޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ.

ޕްރޮމޯޝަނުގެ އިނާމުގެ ގޮތުގައި ސާޢާދު އާއި ސުމައްޔާއަށް ހުރިހާ ޚަރަދަކާ އެކު މިއުނިކުގައި ހަތަރު ދުވަހުގެ ހުރުން ލިބޭނެ އެވެ. މީގެތެރޭގައި؛

  • މިއުނިކް ދެކޮޅު ޓިކެޓް
  • ހަތަރު ދުވަހުގެ ހުރުން
  • ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް
  • ޕޮކެޓް މަނީ
  • ވެލްކަމް ގިފްޓް

މާސްޓާ ކާޑަކީ ޔުއެފާ ޗެމްޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓާ ކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން ދަނީ ރާއްޖޭގައި މާސްޓާރ ކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮންނާނީ 31 މެއި 2025 ވާ ހޮނިހިރުދުވަހުގެ ރޭ ރާއްޖޭ ގަޑިން 12:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު