ENGLISH
03 ޖޫން 2025
މުމްބާއީ ބަލިކޮށް، ޕަންޖާބް ކޮލިފަޔާއިން ޖާގަ ހޯދައިފި
27 މޭ 2025
|
މުމްބާއީއާ ޕަންޖާބް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ބީސީސީއައި
އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ގައި ރޭ ކުޅުނު މެޗުގައި މުމްބާއީ އިންޑިއަންސް ބަލިކޮށް، ޕަންޖާބް ކިންގްސް އިން ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނި ކޮލިފަޔާއިން ޖާގަ ހޯދައިފިއެވެ.
މިއާއެކު، ޕްލޭއޮފްގެ ފުރަތަމަ މެޗު ކޮލިފަޔާގައި އެއްވަނަ އާއި ދެވަނަ ޓީމުގެ މެދުގައި ކުޅެ ބަލިވިނަމަވެސް، އެ ޓީމަކަށް ދެވަނަ ކޮލިފަޔާގައި ވާދަކުރުމުގެ ފުރުޞަތު ލިބޭނެ އެވެ. ކޮލިފަޔާ އެކެއްގައި ކާމިޔާބު ހޯދާ ޓީމަކަށް ސީދާ ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ. ބަލިވާ ޓީމު ޖެހޭނީ ތިންވަނަ އާއި ހަތަރުވަނަ ޓީމުގެ މެދުގައި ކުޅޭ އެލިމިނޭޓަރ މެޗުން މޮޅުވާ ޓީމަކާ ދެވަނަ ކޮލިފަޔާގައި ވާދަކުރާށެވެ.
ރޭގެ ނަތީޖާއާއެކު، ޕަންޖާބް އުޅެނީ އެއްވަނައިގައެވެ. އެ ޓީމަށް 14 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ. ދެވަނައިގައި އެއް ޕޮއިންޓް ފަހަތުން ގުޖުރާތު ޓައިޓަންސް އޮތްއިރު، ރޯޔަލް ޗެލެންޖާސް ބެންގަލޫރު ތިންވަނައިގައި އޮތީ 17 ޕޮއިންޓާއެކު އެވެ. ހަތަރުވަނައިގައި އޮތް މުމްބާއީ އިންޑިއަންސް އަށް ލިބިފައިވަނީ 16 ޕޮއިންޓެވެ.
މުމްބާއީ އަތުން ޕަންޖާބް މޮޅުވީ ހަތް ވިކެޓުންނެވެ.
ޖައިޕޫރުގައި ސަވާއި މަންސިންގ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ޕަންޖާބުން ގަސްދުކުރީ ހޮވަން އަރާށެވެ. މުމްބާއީ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ވަނީ ހަތް ވިކެޓަށް 184 ލަނޑުހަދައިފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 39 ބޯޅައިން 57 ލަނޑުހެދި ސޫރްޔަކުމާރް ޔާދަވް އެވެ. މި އިނިންގްސްގައި ޕަންޖާބުގެ އާޝްދީޕް ސިންގ، މާކޯ ޖެންސަން އާއި ވިޖޭކުމާރު ވީޝަކް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ.
ރައްދުގައި ކުޅެން އަރައި ޕަންޖާބުން ވަނީ 18.3 އޯވަރުގެ ތެރޭގައި ތިން ވިކެޓަށް 187 ލަނޑުހަދައިފައެވެ. އެންމެ ރަނގަޅަށް ކުޅުނީ 42 ބޯޅައިން 73 ލަނޑުހެދި ޖޯޝް އިންގްލިސް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ.
މި މުބާރާތުގެ ލީގު ބުރުގެ އެންމެ ފަހު މެޗުގައި މިރޭ ބެންގަލޫރުން ނިކުންނާނީ ލަކްނޯ ސުޕަ ޖަޔަންޓްސްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ މިރޭ ހަތެއް ޖަހާއިރު އެވެ.