ENGLISH

03 ޖޫން 2025

Advertisement

ދިވެހި އަމްޕަޔަރެއް ދުނިޔޭގެ ޓީޓީ ފައިނަލެއްގައި އަމްޕަޔަރުކަން ކޮށްފި

26 މޭ 2025

|

މުޙައްމަދު އަދުހަމް

ޔާމީން، ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ޑަބަލްސް ފައިނަލުގައި އަމްޕަޔަރުކަން ކުރަނީ. ފޮޓޯ: ކަސްޓަމްސް

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ބޭއްވީ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ އިވެންޓެއްގެ ފައިނަލުގައި ރާއްޖޭގެ މުޙައްމަދު ޔާމީން އަމްޕަޔަރުކަންކޮށް، ތާރީޚުގެ ތެރެއަށް ޖެހިލައިފިއެވެ.

މިއީ ރާއްޖޭގެ ޓީޓީ އަމްޕަޔަރެއް ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި އަމްޕަޔަރުކަންކުރި ފުރަތަމަ ފަހަރެވެ.

ޤަތަރުގެ ވެރިރަށް ދޯހާގައި އިއްޔެ ނިމުނު ދުނިޔޭގެ އެންމެ ބޮޑު ޓީޓީ މުބާރާތުގައި ޔާމީން އިންސާފުކުރި އެންމެ ބޮޑު މެޗަކީ ވިމެންސް ޑަބަލްސް ފައިނަލެވެ.

"މުޙައްމަދު ޔާމީން އަށް މަރުހަބާ! އޭނާ އަކީ އައިޓީޓީއެފް އިވެންޓެއްގެ ފައިނަލުގައި އަމްޕަޔަރުކަންކުރި ރާއްޖެ އަށް ނިސްބަތްވާ ހަމައެކަނި ޓީޓީ އަމްޕަޔަރު. މިއީ ރާއްޖެ އަށް ލިބުނު ތާރީޚީ ކާމިޔާބީއެއް،" ޓީޓީ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ޔާމީން ވަނީ ދެކުނު އޭޝިއާ އާއި، އޭޝިއާ ފެންވަރުގެ ވަރަށް ގިނަ މުބާރާތްތަކުގައި ވެސް އަމްޕަޔަރުކަން ކޮށްފަ އެވެ. އަދި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އާއި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ބައެއް މެޗުތަކުގައި ވެސް އޭނާ ވަނީ އިންސާފު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު