ENGLISH

02 ޖޫން 2025

Advertisement

ރެއާލްއާ އެކު ކުޅެން ބޭނުންވަނީ ސަޕޯޓަރުން ފަޚުރުވެރިވާ ފަދަ ފުޓުބޯޅައެއް: ޒަބީ

26 މޭ 2025

|

އިސްމާއީލް ރާތިއު

ރެއާލްގެ ކޯޗުކަމާ ހަވާލުވުމަށްފަހު އެ ކުލަބުގެ ރައީސް އާއެކު ޒަބީ (ވ) ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ: ރެއާލް މެޑްރިޑް

ރެއާލް މެޑްރިޑާއެކު ކުޅެން ބޭނުންވަނީ ސަޕޯޓަރުން ފަޚުރުވެރިވާނެފަދަ ރީތި ފުޓުބޯޅައެއް ކަމަށް އެޓީމުގެ އާ ކޯޗު، ޒަބީ އެލޮންސޯ ބުނެފިއެވެ.

ޒަބީ މިހެން ބުނެފައި ވަނީ މިއަދުގެ ވަގުތެއްގައި އޭނާ ރެއާލްގެ ކޯޗުކަމާ ހަވާލުވުމަށް ބޭއްވި ހަފްލާގައި، އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަމުންނެވެ. ކުރިއަށް އޮތް ތިން ސީޒަނަށް ޒަބީ، ރެއާލްގެ ކޯޗުކަމާ ހަވާލުވެފައިވާއިރު، އޭނާއަށް އެ ކުލަބާއެކު ކުރިމަތިލާން ޖެހޭނެ އެންމެ ފުރަތަމަ ޗެލެންޖަކީ އަންނަ މަހު އެމެރިކާގައި އޮންނަ ކްލަބް ވޯލްޑް ކަޕެވެ. މި މުބާރާތަކީ އެ ކުލަބުގެ ކެޕްޓަން، ލޫކާ މޮޑްރިޗް އެ ކުލަބާއެކު ކުޅޭނެ އެންމެ ފަހު މުބާރާތްކަން ފާހަގަކުރެވެއެވެ. ލަލީގާ ނިމުމާއެކު މޮޑްރިޗް، ރެއާލް ދޫކޮށްލާނެ ކަަމަށް ވާހަކަ ދެކެވުނު ނަމަވެސް އޭނާ ވަނީ މިދިޔަ ހޮނިހިރު ދުވަހު، ރެއާލްގެ ދަނޑުގައި އޭނާ އެންމެ ފަހުން ކުޅުނު މެޗަށް ފަހު، ކްލަބް ވޯލްޑް ކަޕަށް ރެއާލްގައި މަޑުކުރާނެކަން އިޢުލާނުކޮށްފައެވެ.

ޒަބީ އަކީ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ރެއާލް މެޑްރިޑްގެ އިތުރުން ލިވަރޕޫލް އާއެކު ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އަދި އޭނާ ވަނީ ބަޔަރ ލެވަކޫސަންގެ ކޯޗުކަމާ ހަވާލުވެ، 23-2024 ސީޒަނުގައި 59 މެޗުން ބަލިނުވެ، ޔޫރޮޕާ ލީގު ފިޔަވައި އެޓީމުން ކުޅުނު ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފަ ވެއެވެ. 

ކިޔުންތެރިންގެ ހިޔާލު