ENGLISH
26 މޭ 2025
ރ. މަޑުއްވަރީ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް އާރްޑީސީ އިން ނިންމާލައިފި
25 މޭ 2025
|
ރ. މަޑުއްވަރީގައި ތަރައްޤީކުރި ފުޓްބޯޅަ ދަނޑުގެ މަތިން ނަގާފައިވާ ފޮޓޯއެއް. --ފޮޓޯ: އާރްޑީސީ
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީގެ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދިޔަ ޓާފް އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ނިންމާލައިފިއެވެ.
ރ. މަޑުއްވަރީ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތުގެ އިތުރުން އެ ދަނޑުގެ ސަބް-ބޭސް އެޅުމުގެ މަސައްކަތްވެސް ކުރިއަށްގެންގޮސްފައިވަނީ އާރްޑީސީ އިންނެވެ.
މަޑުއްވަރީގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ. އެ ރަށު ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތްކުރުމަށް އާރްޑީސީއާ ހަވާލުކުރީ ގާތްގަނޑަކަށް 5 މިލިއަން ރުފިޔާ އަށެވެ.
އަދި، އެ ކުންފުނިން ކުރިއަށްގެންދިޔަ ދަނޑުގެ ސަބް-ބޭސް ހެދުމުގެ މަސައްކަތަށް ވެސް ގާތްގަނޑަކަށް 1.7 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އިން މަޢުލޫމާތުދެއެވެ.
ރ. މަޑުއްވަރީގައި ތަރައްޤީކުރި ފުޓްބޯޅަ ދަނޑުގެ މަތިން ނަގާފައިވާ ފޮޓޯއެއް. --ފޮޓޯ: އާރްޑީސީ
މަޑުއްވަރީގެ ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު މިދިޔަ މާރިޗް މަހުގެ ތެރޭގައި އެރަށަށް ކުރެއްވެވި ދަތުރުފުޅުގައި ބޭއްވެވި ބައްދަލުވުމުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި މަޑުއްވަރީގެ ޒުވާނުން ފުޓްބޯޅަ ކުޅެން ދަނޑެއް ނެތްކަން ހިމެނެއެވެ.
ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ޒަމާނީ ފެންވަރަށް ދަނޑުތައް ތަރައްގީކުރުމެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ވީހާވެސް އަވަހަށް ނިންމައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.