ENGLISH

25 މޭ 2025

Advertisement

އުނދަގުލާއެކު ޓީސީ ބަލިކޮށް، މާޒިޔާ ފައިނަލަށް

25 މޭ 2025

|

މުޙައްމަދު އަދުހަމް

ޓީސީ ކޮޅަށް ލަނޑުޖެހުމަށްފަހު މާޒިޔާގެ ސިފާއު އުފާ ފާޅުކުރަނީ. --ފޮޓޯ: ވަގުތު އިމޭޖަސް

އެފްއޭއެމް ލީގު ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ މުބާރާތުގައި ޓީސީގެ މައްޗަށް މާޒިޔާ އިން ކުރިހޯދި ދެވަނަ ފަހަރެވެ. ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން މާޒިޔާ މޮޅުވީ 2-0 އިންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފު ނިމެންދަނިކޮށް މާޒިޔާ އަށް ކާމިޔާބުކޮށްދިނީ ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އެވެ. މެޗުގެ 38 ވަނަ މިނެޓުގައި ސިފާއު މި ލަނޑުޖެހީ އަލީ ފަސީރު ދިން ބޯޅައެއްގެ އެހީގައެވެ.

މެޗުގެ 85 ވަނަ މިނެޓުގައި ޓީސީގެ އަހުނަފް މުޙައްމަދު ތަނީމް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން އެ ޓީމުން ބާކީބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި މުބާރާތުގެ ފައިނަލުގައި މާޒިޔާ ނިކުންނާނީ މިރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އޮޑި ސްޕޯޓްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

މުބާރާތުގެ ފައިނަލް މެޗު އޮތީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު