ENGLISH

03 ޖޫން 2025

Advertisement

ސްޓުޓްގާޓުން ޖަރުމަން ކަޕް ކާމިޔާބުކޮށްފި

25 މޭ 2025

|

މުޙައްމަދު އަދުހަމް

ސްޓުޓްގާޓުން ޖަރުމަން ކަޕް ޓްރޮފީއާއެކު. ފޮޓޯ: ރޮއިޓާސް

ޖަރުމަން ކަޕް ފައިނަލުގައި ތިންވަނަ ޑިވިޝަނުގެ އާމިނިއާ ބިލެފީލްޑް 4-2 އިން ބަލިކޮށް، ވީއެފްބީ ސްޓުޓްގާޓުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ މިދިޔަ 28 އަހަރުގެ ތެރޭގައި އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި، މިއީ އެ ޓީމުން ޖަރުމަން ކަޕް ކާމިޔާބުކުރި ހަތަރުވަނަ ފަހަރުވެސް މެއެވެ.

ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސްޓުޓްގާޓުން ވަނީ 3-0 އިން ލީޑު ނަގައިފައެވެ. އެ ޓީމަށް މި ތިން ލަނޑުޖަހައިދިނީ ނިކް ވޮލްޓެމާޑް، އެންޒޯ މިލޮޓް އާއި ޑެނިޒް އުންޑާވް އެވެ.

އޭގެފަހުން، މެޗުގެ 66 ވަނަ މިނެޓުގައި މިލޮޓް ވަނީ އިތުރު ގޯލެއްޖަހައި، ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައެވެ.

މެޗުގައި ބިލެފީލްޑް އިން ޖެހި ދެ ގޯލްގެތެރެއިން އެއް ލަނޑަކީ ސްޓުޓްގާޓްގެ ޖޯޝާ ވެގްނޮމަން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ ހޫލިއަން ކާނިއާ އެވެ.

ކިޔުންތެރިންގެ ހިޔާލު