ENGLISH

25 މޭ 2025

Advertisement

ޖެނީވާ އޯޕަން ކާމިޔާބުކޮށް، ޖޮކޮވިޗަށް ރެކޯޑެއް

24 މޭ 2025

|

މުޙައްމަދު އަދުހަމް

ޖެނީވާ އޯޕަން ފައިނަލުގައި ޖޮކޮވިޗް ކުޅެނީ. --ފޮޓޯ: ރޮއިޓާސް

ސްވިޒަލެންޑްގައި ކުރިއަށްދިޔަ ޖެނީވާ އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ކުރީގެ އެއްވަނަ ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ރެކޯޑެއް ޤާއިމުކޮށްފިއެވެ.

މި މޮޅާއެކު، އުމުރުން 38 އަހަރުގެ ޖޮކޮވިޗް ވަނީ ޓެނިހުގެ އޯޕަން އީރާގައި މިހާތަނަށް 100 އޭޓީޕީ ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ތިންވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ކުރިން މިރެކޯޑް އޮތީ އެމެރިކާގެ ޖިމީ ކޮނާސް އާއި ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ އަތުގައެވެ.

މުބާރާތުގެ ފައިނަލުގައި ޖޮކޮވިޗް ވަނީ ޕޮލެންޑްގެ ހުބާޓް ހުރްކާޒް 2-1 ސެޓުން ބަލިކޮށްފައެވެ.

ފައިނަލް މެޗުގެ ފުރަތަމަ ސެޓުން 7-5 އިން ހުރްކާޒް ކުރިހޯދާފައިވަނިކޮށް، ޖޮކޮވިޗް ވަނީ ޖެހިގެންއައި ދެ ސެޓުން ޓައިބްރޭކުގައި 7-6 (7-2) އަދި 7-6 (7-2) އިން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައެވެ.

މިއީ މިދިޔަ އަހަރުގެ ޕެރިސް އޮލިމްޕިކްސްގެ ގޯލްޑް މެޑެލް ހާސިލްކުރިފަހުން ޖޮކޮވިޗް ކާމިޔާބުކުރި ފުރަތަމަ މުބާރާތެވެ. އަނެއްކޮޅުން، މިއީ މިއަހަރުގެ އޭނާގެ ދެވަނަ ފައިނަލެވެ. މީގެކުރީން، މިދިޔަ މާރިޗު މަހުގައި ކުޅުނު މިއާމީ އޯޕަން ފައިނަލުގައި ޖޮކޮވިޗަށް ކުރިމަތިވީ ނާކާމިޔާބީއެވެ.

ކިޔުންތެރިންގެ ހިޔާލު