ENGLISH
18 މޭ 2025
ނ. ހެނބަދޫ އާއި ކުޑަފަރީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
15 މޭ 2025
|
ނ. ހެނބަދޫ އާއި ކުޑަފަރީގައި އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފި އެވެ.
މި ދެރަށުގެ ރައްޔިތުންނަށް އޭޓީއެމްގެ ޚިދުމަތް ރަށުން ލިބޭނެގޮތް ހައްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
ހެނބަދޫ އާއި ކުޑަފަރީގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.
ރައްޔިތުންނާއި ގާތުން ބޭންކިންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ރަށުގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިވެރިންނަށް ލިބޭނެ ބޮޑު ލުޔެެއް ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވި އެވެ. އަދި މިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ސަމާލުކަމަކީ މިކަންކަން އަވަސްކަމާ އެކު ހާސިލްވުމުގެ އެންމެ މުޙިއްމު ސަބަބު ކަމަށް ސަޢީދު ވިދާޅުވި އެވެ.
"ހަމައެފަދައިން ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖްމަންޓާއި މުވައްޒަފުން މިކަންކަން ޙާސިލްކުރުމުގައި ކެނޑިނޭޅި ކުރައްވަމުންގެންދަވާ މިންނެތް މަސައްކަތްޕުޅަށް ޝުކުރު ދަންނަވަން،" މިނިސްޓަރ ވިދާޅުވި އެވެ.