ENGLISH

11 މޭ 2025

Advertisement

ސައުތެމްޓަންއާ އެއްވަރުވެ، ސިޓީ އަށް ހުރަސްތަކެއް

10 މޭ 2025

|

މުޙައްމަދު އަދުހަމް

ސައުތެމްޓަނާ ދެކޮޅަށް ސިޓީ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ކުޅުނު މެޗުގައި ސައުތެމްޓަނާ 0-0 އިން އެއްވަރުވެ، މެންޗެސްޓަރ ސިޓީ އިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އެޅިއްޖެއެވެ.

މި ނަތީޖާއާއެކު، ސިޓީ އަދިވެސް އުޅެނީ ލީގުގެ ތިންވަނައިގައެވެ. އެ ޓީމަށް 36 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު މަދުން ކުޅެގެން ދެ ޕޮއިންޓް ފަހަތުން ހަތަރު ވަނައިގައި އުޅޭ ނިއުކާސަލް ޔުނައިޓެޑާއި، ޖެހި ގޯލްގެ ތަފާތުން ފަސްވަނައިގައި އޮތީ ޗެލްސީ އެވެ.

ލީގުގެ އެއްވަނައިގައި ލިވަޕޫލް އުޅެނީ 82 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އާސެނަލް އޮތީ 67 ޕޮއިންޓާއެކު އެވެ.

ސައުތެމްޓަންގެ ސެއިންޓް މޭރިސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސިޓީ އަށް ލަނޑެއް ޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި، ފަހު ހާފުގައި ކުޅެން ނިކުތް މިސްރުގެ ފޯވާޑް، އޮމަރް މާމޯޝް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

އޭގެކުރީން، ސިޓީގެ ޑިފެންޑަރު، މެނުއަލް އަކަންޖީ އާއި ބެނާޑޯ ސިލްވާ އަށް ލިބުނު ފުރުޞަތުތަކުގައި ވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

މި މެޗުގައި އަނިޔާއަށްފަހު ކުޅުމަށް އެނބުރިއައި ސިޓީގެ ނޯވޭ ފޯވާޑް، އާލިން ހާލަންޑަށް ވެސް އެދެވޭ ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ފުލަމްގެ ދަނޑުގައި އެ ޓީމު އަތުން އެވަޓަން މޮޅުވީ 3-1 އިންނެވެ. ރަށުން ބޭރުގައި އިޕްސްވިޗް ޓައުން އަތުން 1-0 އިން ބްރެންޓްފޯޑް މޮޅުވިއިރު، ވުލްވްސްގެ ދަނޑުގައި އެ ޓީމު އަތުން ބްރައިޓަން މޮޅުވީ 2-0 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު