ENGLISH

19 މޭ 2025

Advertisement

ނޭކުރެންދޫގައި ޒަމާނީ ފެންވަރުގެ ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކޮށްފި

06 މޭ 2025

|

މުޙައްމަދު އަދުހަމް

ނޭކުރެންދޫގައި ޤާއިމުކުރި ހޭންޑްބޯޅަ ކޯޓު. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫގައި ޒަމާނީ ފެންވަރުގެ ހޭންޑްބޯޅަ ކޯޓެއް ޤާއިމްކޮށްފިއެވެ.

ހދ. ނޭކުރެންދޫގައި ހޭންޑްބޯޅަ ކޯޓު އެޅުމުގެ މަޝްރޫޢަކީ، ބްރިލިއަންޓް ކޮމްޕެނީއާ ކުރުމަށް ހަވާލުކުރެވުނު މަސައްކަތެކެވެ.

ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާގެ އަގުހުރި މި މަޝްރޫޢުގެ މަސައްކަތްތައް ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ނިންމާލައިފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ވީހާވެސް އަވަހަށް ނިންމައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ގާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

މިވަގުތު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެންމެ ހަލުވި ސްޕީޑެއްގައި ކުރިއަރަމުން އަންނަ އެއް ކުޅިވަރު ކަމަށްވާ، ހޭންޑްބޯޅައިގެ ގިނަ ހަރަކާތްތަކެއް ހދ. އަތޮޅުގައިވެސް އަންނަނީ ކުރިއަށްގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު