ENGLISH
06 މޭ 2025
ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
05 މޭ 2025
|
ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ: އެމްޓީސީސީ
ހުވަދު އަތޮޅު ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތްތައް ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވަނީ، ދެ އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ހުއްޓިފައި އޮތް ގދ. ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައެވެ.
އެގޮތުން، އެމްޓީސީސީ އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ފީފާ އިން ކަނޑައަޅާފައިވާ ފެންވަރުގެ ޓާފެއް އެޅުމާއި، ގޯލް ޕޯސްޓް ހަރުކުރުމާއި، ފެންސެއް ޖެހުމާއި އަދި ހަތަރު ބެންޗު ބެހެއްޓުމުގެ މަސައްކަތް އެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކަމަށް ބުނެފައެވެ.
ގާތްގަނޑަކަށް 1،800 މީހުންގެ އާބާދީއެއް ހިމެނޭ، ގދ. ފަރެސްމާތޮޑާގައި އޮންނަ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމާއެކު، އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް އެ ރަށު ރައްޔިތުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ގަބޫލުކުރެއެވެ.
މިއީ ރާއްޖޭގެ އެކި ރަށް ރަށުގައި ކުރިއަށް ނުގޮސް ހުއްޓިފައިހުރި މަޝްރޫޢުތައް ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެފައިވާ ފަދައިން އެމްޓީސީސީ ހަވާލުކުރި މަޝްރޫޢެކެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ވީހާވެސް އަވަހަށް ނިންމައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ގާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.