ENGLISH

19 މޭ 2025

Advertisement

ލެވަކޫސަން އެއްވަރުވުމުން ބަޔާނަށް ލީގު ޗެމްޕިއަންކަން

05 މޭ 2025

|

މުޙައްމަދު އަދުހަމް

ލީޕްޒިގާ ދެކޮޅަށް ކުޅުނު މެޗަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ޖަރުމަން ލީގުގައި ރޭ ކުޅުނު މެޗުގައި ފްރެއިބާގާ 2-2 އިން ބަޔާ ލެވަކޫސަން އެއްވަރުވުމުން، ބަޔާން މިއުނިކަށް ލީގު ޗެމްޕިއަންކަން ކަށަވަރުވެއްޖެއެވެ.

މިއީ ބަޔާނުން ޖަރުމަން ލީގު ކާމިޔާބުކުރި 34 ވަނަ ފަހަރެވެ.

ފްރެއިބާގްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ދެ ލަނޑުގެ ލީޑެއްނަގާފައިވަނިކޮށް، ލެވަކޫސަނުން އެއްވަރުކުރީ ފަހުބައިގައެވެ.

ރޭގެ މެޗުގައި ފްރެއިބާގުން ޖެހި ދެ ގޯލްގެ ތެރެއިން އެއް ލަނޑަކީ ލެވަކޫސަންގެ ޑިފެންޑަރު، ޕިއެރޯ ހިންކާޕީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އެ ޓީމުގެ އަނެއް ލަނޑުޖެހީ މެކްސިމިލިއަން އެގެސްޓެއިން އެވެ.

ލެވަކޫސަންގެ ލަނޑުތައް ޖަހައިދިނީ ފްލޮރިއަން ވާޓްޒް އާއި ޖޮނަތަން ޓާ އެވެ.

މި ނަތީޖާއާއެކު، ބަޔާން އެއްވަނައިގައި އުޅެނީ 32 މެޗުން 76 ޕޮއިންޓް ހަމަކޮށްގެންނެވެ. ލެވަކޫސަން ދެވަނައިގައި އޮތީ 68 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އުޅޭ އެއިންޓްރަކްޓް ފްރެންކްފާޓަށް ލިބިފައިވަނީ 56 ޕޮއިންޓެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު އަނެއް މެޗުގައި މައިންޒްގެ ދަނޑުގައި އެ ޓީމުން ވަނީ 1-1 އިން ފްރެންކްފާޓާ އެއްވަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު