ENGLISH
05 ސެޕްޓެމްބަރު 2025
ފްލެކްސަރ އަތުން ހުރާ އަށް މޮޅެއް
01 މޭ 2025
|
ހުރާ ޓީމާއި ފްލެކްސަރ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވީއޭއެމް
ޤައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ހުރާ ކޮމިއުނިޓީ ކްލަބު މޮޅުވެއްޖެއެވެ.
މިއީ މުބާރާތުގައި އެ ޓީމުގެ ފުރަތަމަ މޮޅެވެ. އަނެއް ދެ މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުގައި ހުރާ ޓީމުން ވަނީ ސީދާ ތިން ސެޓުން ފްލެކްސަރ ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ.
ވާދަވެރިކޮށް ފެނުނު މެޗުގެ ފުރަތަމަ ސެޓުން 25-19 އިން ހުރާ މޮޅުވިއިރު، ދެން ޖެހިގެން އައި ދެ ސެޓުން 25-10 އަދި 25-13 އިން ފަސޭހަކަމާއެކު އެ ޓީމު ވަނީ ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުރާ ޓީމުގެ ވެރޯނިކާ ޒުބަރޭވާ އެވެ.
މި މުބާރާތުގައި ވާދަކުރާ ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު އެންމެ ކުރިހޯދާ ޓީމު ސީދާ ފައިނަލަށް ދަތުރުކުރާނެ އެވެ. އެއަށްފަހު، ދެވަނަ އާއި ތިންވަނަ އަށް ދާ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅުމަށްފަހު މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބޭނެ އެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 4 ވަނަ ދުވަހު އެވެ.