ENGLISH
05 ސެޕްޓެމްބަރު 2025
ޕޮލިސް ބަލިވިއިރު، ވެމްކޯ އަށް އުނދަގޫ މޮޅެއް
30 އޭޕްރީލު 2025
|
ޕޮލިހާއި ފްލެކްސަރ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވީއޭއެމް
ޤައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުން ޕޮލިސް ކްލަބް ބަލިވިއިރު، ވާދަވެރި ކްލަބް ވެމްކޯ އިން އުނދަގުލުން މޮޅުވެއްޖެއެވެ.
ފްލެކްސަރ ސްޕޯޓްސް ކްލަބް އަތުން 1-3 ސެޓުން ޕޮލިސް ބަލިވިއިރު، ވެމްކޯ ވަނީ ފަސް ސެޓު ކުޅެގެން ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށްފައެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓުގައި ފްލެކްސަރ އިން 25-20 ގެ ނަތީޖާއަކުން ކުރިހޯދާފައިވަނިކޮށް، ޕޮލިހުން ވަނީ ދެވަނަ ސެޓުގައި 25-21 އިން ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ.
އެކަމަކު، ދެން ޖެހިގެންއައި ދެ ސެޓުގައި ޕޮލިހަށް އިތުރު ފުރުޞަތެއްނުދީ ފްލެކްސަރ ވަނީ 25-20 އަދި 25-23 އިން ކުރިހޯދައި، މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފްލެކްސަރގެ ސަބައެންގބަން ޗަނޮކްނަން އެވެ.
މުބާރާތުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓުން ފަސޭހަކަމާއެކު ހުރާ ޓީމުން 25-15 އިން ގެންގޮސްފައިވަނިކޮށް، ވެމްކޯ އިން ވަނީ ދެވަނަ ސެޓުން 25-20 އިން ކުރިހޯދައި، ނަތީޖާ އެއްވަރުކޮށްފައެވެ. ނަމަވެސް ދެންޖެހިގެންއައި ސެޓުން 25-22 އިން ކުރިހޯދައި، އަނެއްކާވެސް ހުރާ ޓީމުން ލީޑުނެގިއެވެ.
އޭގެފަހުން، ދެންޖެހިގެންއައި ދެ ސެޓުން 25-22 އަދި 16-14 އިން ކުރިހޯދައި، ވެމްކޯ އިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ނޮކްޔޫން ޕައޮވާނާ އެވެ.
މި މުބާރާތުގައި ވާދަކުރާ ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު އެންމެ ކުރިހޯދާ ޓީމު ސީދާ ފައިނަލަށް ދަތުރުކުރާނެ އެވެ. އެއަށްފަހު، ދެވަނަ އާއި ތިންވަނަ އަށް ދާ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅުމަށްފަހު މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބޭނެ އެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ 4 ވަނަ ދުވަހު އެވެ.