ENGLISH
05 ސެޕްޓެމްބަރު 2025
ފުރަތަމަ މެޗުގައި ހުރާ އަތުން ޕޮލިހަށް މޮޅެއް
30 އޭޕްރީލު 2025
|
ހުރާ ޓީމާ ދެކޮޅަށް ޕޮލިސް ކްލަބު ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ވީއޭއެމް
ޤައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގައި ޕޮލިސް ކްލަބު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ޕޮލިސް ކްލަބު ވަނީ ސީދާ ތިން ސެޓުން ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށްފައެވެ.
ޕޮލިހުން މި މެޗުގެ ސެޓުތައް ކާމިޔާބުކުރީ 25-22، 25-22، އަދި 25-16 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބުގެ ގްރެޒިއެލް ރިބެއިރޯ ޑެ ސޫޒާ އެވެ.
މި ފަހަރުގެ ޤައުމީ މުބާރާތުގައި ވާދަކުރަނީ، އެންމެ ފަހުގެ ޤައުމީ ވޮލީ ލީގުގެ ގަދަ ހަތަރެއްގައި ހިމެނުނު ޕޮލިސް ކްލަބާއި، ވެމްކޯ އާއި ހުރާ ކޮމިއުނިޓީ ކްލަބު އަދި ފްލެކްސަރ ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގައި ވާދަކުރާ ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު އެންމެ ކުރިހޯދާ ޓީމު ސީދާ ފައިނަލަށް ދަތުރުކުރާނެ އެވެ. އެއަށްފަހު، ދެވަނަ އާއި ތިންވަނަ އަށް ދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލެއް ކުޅުމަށްފަހު މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބޭނެ އެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ 4 ވަނަ ދުވަހު އެވެ.