ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

އާސެނަލްގެ އުއްމީދުތައް ހުރީ ސެމީ ފައިނަލަށް ވުރެ ދުރަށް ދަތުރުކުރުމަށް: އާޓޭޓާ

29 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސެނަލްގެ ކޯޗު، އާޓޭޓާ ވާހަކަ ދައްކަނީ. --ފޮޓޯ: ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗަށް ނުކުތުމުގެ ކުރީން އާސެނަލްގެ އުއްމީދުތައް ހުރީ އެއަށްވުރެ ދުރަށް ދަތުރުކުރުމަށް ކަމަށް އެ ޓީމުގެ ކޯޗު، މިކޭލް އާޓޭޓާ ބުނެފިއެވެ.

އާޓޭޓާ މިހެން ބުނީ، ޕީއެސްޖީއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އާސެނަލުން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުގައި މޮޅު ކުޅުމެއްދައްކައި ޗެމްޕިއަންސް ލީގުގެ ތާރީޚު ދުށް އެންމެ ކާމިޔާބު ޓީމު ކަމަށްވާ، ސްޕެއިނުގެ ރެއާލް މެޑްރިޑްގެ މައްޗަށް 5-1 ގެ އެގްރިގޭޓުން ކުރިހޯދާފައެވެ.

"މި ސީޒަނުގައި އަހަރެމެން ވަނީ ވަރަށް ގިނަ މައްސަލަތަކާއި ގޮންޖެހުންތަކުން އަރައިގަނެ، ޔޫރަޕްގެ އެންމެ މޮޅު ހަތަރު ޓީމުގެ ތެރޭގައި ހިމެނިފައި،" އާޓޭޓާ ބުންޏެވެ.

އާޓޭޓާ ބުނީ، މި ފަހަރުގެ މުބާރާތުގައި އާސެނަލުން ތިބީ ވަރުގަދަ ރޫޙެއްގައި ކަމަށާއި، އެ ޓީމަށް އެކަމުގެ މުހިއްމުކަން ވެސް ދައްކުވައިދެމުން އަންނަ ކަމަށެވެ.

"އަހަރެމެން މިދަނީ ތާރީޚު ލިޔަމުން، މިއީ ވަރަށް ރީތި ވާހަކައެއް. އަދިވެސް އިތުރު ކަންކަން ހާސިލްކުރަން ބޭނުން،" އާޓޭޓާ ބުންޏެވެ.

މިއީ މިދިޔަ 16 އަހަރުގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ސެމީގައި އާސެނަލް ވާދަކުރާ ފުރަތަމަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން މި މުބާރާތުގައި ވާދަކުރި ފަހަރު މެންޗެސްޓަރ ޔުނައިޓެޑް އަތުން ވަނީ ބަލިވެފައެވެ.

މުބާރާތުގެ ސެމީގައި އާސެނަލް އާއި ޕީއެސްޖީ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 12 ޖަހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު