ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

އެފްއޭއެމް ލީގު ކަޕް ފަށާނީ ޓީސީ އާއި އޮޑީގެ މެޗުން

30 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

އެފްއޭއެމް ލީގު ކަޕްގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: އެފްއޭއެމް

ފުޓްބޯޅައިގެ ރަސްމީ ކަލަންޑަރުން ބޭރުން އެފްއޭއެމް އިން ބާއްވާ މުބާރާތް "އެފްއޭއެމް ލީގު ކަޕް" މުބާރާތުގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާ އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރާން ޖެހިއްޖެއެވެ.

އަންނަ އާދީއްތަ ދުވަހު ފެށުމަށް ތާވަލް ކުރި މި މުބާރާތުގައި ބައިވެރިވެފައިވަނީ ފުރަތަމަ ޑިވިޝަނުން ތިން ޓީމަކާއި، ދެވަނަ ޑިވިޝަނުގެ ދެ ޓީމެވެ. ފުރަތަމަ ޑިވިޝަނުން ބައިވެރިވީ؛ މާޒިޔާ، ޓީސީ އާއި އޮޑި ސްޕޯޓްސް ކްލަބެވެ. އަދި، ދެވަނަ ޑިވިޝަނުން ބައިވެރިވެފައިވަނީ ނިއު ރޭޑިއަންޓާއި މަހިބަދޫ ސްޕޯޓްސް އެވެ.

މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުނުއިރު، ހުޅުވުމުގެ ރަސްމިއްޔާތާއެކު މެއި މަހުގެ 4 ވަނަ ކުޅޭ ފުރަތަމަ މެޗުގައި ޓީސީއާ އޮޑި ބައްދަލުކުރާނެ އެވެ. ދެވަނަ މެޗުގައި ހޯމަ ދުވަހު މާޒިޔާ ނިކުންނާނީ ނިއުއާ ދެކޮޅަށެވެ. މިއީ 2019 ވަނަ އަހަރުގެ ފަހުން މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ.

މި މުބާރާތުގެ ފޯމެޓުގައި ވާގޮތުން، ވާދަކުރާ ޓީމުތަކުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު ގަދަ ހަތަރެއްގައި ހިމެނޭ ޓީމުތަކަށް ސެމީ ފައިނަލުން ފުރުޞަތު ލިބޭނެ އެވެ.

މުބާރާތުގެ ފުރަތަމަ ސެމީގައި ލީގުގެ އެއްވަނަ ޓީމު ނިކުންނާނީ ހަތަރުވަނަ ޓީމާ ދެކޮޅަށެވެ. އަނެއް ސެމީގައި ތިންވަނަ ޓީމު ބައްދަލުކުރާނީ ހަތަރުވަނަ މަގާމަށް ދިޔަ ޓީމާ އެވެ. އެއަށްފަހު، މި ދެ މެޗުން ކުރިހޯދާ ދެ ޓީމެއްގެ މެދުގައި ކުޅެވޭ ފައިނަލް އޮންނާނީ މެއި މަހުގެ 28 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު