ENGLISH
05 ސެޕްޓެމްބަރު 2025
ޤައުމީ ވޮލީ މުބާރާތް: ވެމްކޯ ފެށީ މޮޅަކުން
29 އޭޕްރީލު 2025
|
ވެމްކޯއާ ފްލެކްސަރ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވީއޭއެމް
ޤައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގައި އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ އިން މޮޅަކާއެކު ފަށައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވެމްކޯ އިން ވަނީ ސީދާ ތިން ސެޓުން ފްލެކްސަރ ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ.
ވެމްކޯ އިން މި މެޗުގެ ސެޓުތައް ކާމިޔާބުކުރީ 25-22، 25-17، އަދި 25-19 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ޕަތިޔާ ޖުއަންގޖަން އެވެ.
މި ފަހަރުގެ ޤައުމީ މުބާރާތުގައި ވާދަކުރަނީ، އެންމެ ފަހުގެ ޤައުމީ ވޮލީ ލީގުގެ ގަދަ ހަތަރެއްގައި ހިމެނުނު ޕޮލިސް ކްލަބާއި، ވެމްކޯގެ އިތުރުން ހުރާ ކޮމިއުނިޓީ ކްލަބު އަދި ފްލެކްސަރ ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގައި ވާދަކުރާ ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު އެންމެ ކުރިހޯދާ ޓީމު ސީދާ ފައިނަލަށް ދަތުރުކުރާނެ އެވެ. އެއަށްފަހު، ދެވަނަ އާއި ތިންވަނަ އަށް ދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލެއް ކުޅުމަށްފަހު މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބޭނެ އެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ 4 ވަނަ ދުވަހު އެވެ.