ENGLISH

04 ޖޫން 2025

Advertisement

ބްރެޒިލްގެ ކޯޗުކަމާ އެންޗެލޮޓީ ހަވާލުވުމަށް އަނގަބަހުން އެއްބަސްވެއްޖެ: ފަބްރީޒިއޯ ރޮމާނޯ

29 އޭޕްރީލު 2025

|

އިސްމާއީލް ރާތިއު

ކާލޯ އެންޗެލޮޓީ އަދި ޒާބީ އެލޮންސޯ-- ފޮޓޯ: އިމޭޖޯ

ބްރެޒިލްގެ ކޯޗުކަމާ އެންޗެލޮޓީ ހަވާލުވުމަށް އަނގަބަހުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އިޓަލީގެ ފުޓުބޯޅަ ނޫސްވެރިޔާ، ފަބްރީޒިއޯ ރޮމާނޯ ބުނެފިއެވެ.

އޭނާގެ މީސްމީޑިއާ މަންސްތަކުގައި ފަބްރީޒިއޯ ބުނެފައިވަނީ ޖޫން މަހުން ފެށިގެން އެންޗެލޮޓީ، ބްރެޒިލްގެ ކޯޗުކަމާ ހަވާލުވާން ހަމަޖެހިފައިވާ ކަމަށެވެ. އަދި ސީޒަންގެ އެންމެ ފަހު މެޗަށްފަހު ރެއާލުން އެންޗެލޮޓީއަށް ފެއާވެލްއެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ފަބްރީޒިއޯ ބުނެފައިވެއެވެ.

ކްލަބް ވޯލްޑް ކަޕުގެ ކުރިން އެންޗެލޮޓީ ރެއާލް މެޑްރިޑް ދޫކޮށްލާތީ، އެ މުބާރާތަށް ވަގުތީ ކޯޗެއް ހޯދުމުގެ މަސައްކަތް ރެއާލުން ދަނީ ކުރަމުންނެވެ. އެގޮތުން މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ބޮޑަށް ބެލެވެނީ ކްލަބުގެ ޑިރެކްޓަރ އޮފް ފުޓްބޯލް، ސަންޓިއާގޯ ސޮލާރީ، ނުވަތަ ކްލަބުގެ އެކަޑެމީ (ކަސްޓިއާ) ގެ ކޯޗު ރައުލް ގޮންޒާލޭޒް ނުވަތަ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗު އަލްވާރޯ އާބެލޯއާ ތެރެއިން އެކެއް ކަމަށެވެ.

ކްލަބް ވޯލްޑް ކަޕަށްފަހު، ދާއިމީކޮށް ރެއާލްއާ ހަވާލުވާނެ ކަމަށް ބެލެވެނީ އެ ކްލަބުގެ ކުރީގެ ތަރި، އަދި މިދިޔަ ސީޒަނުގައި ބަޔަރ ލެވަކޫޒަން އާއެކު ފުރިހަމަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗު، ޒާބީ އެލޮންސޯ އެވެ.

ކާލޯ އެންޗެލޮޓީއަކީ ރެއާލް މެޑްރިޑެގެ ތާރީޚުގައި ވެސް އެންމެ ކާބިޔާބު އެއް ކޯޗެވެ. އޭނާ ވަނީ އެޓީމުގެ ކޯޗުކަމާ ދެ ފަހަރެއްގެ މަތިން ހަވާލުވެ، ޗެމްޕިއަންސް ލީގު ތިން ފަހަރަށް އަދި ލަލީގާ ދެ ފަހަރަށް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު