ENGLISH

04 ޖޫން 2025

Advertisement

މެޗަކުން ބަލިނުވެ، ޕޮލިސް ކްލަބު ލީގު ޗެމްޕިއަންކަން ހޯދައިފި

28 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ޕޮލިސް ކްލަބު ޗެމްޕިއަން ޓްރޮފީ އާއެކު. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ޤައުމީ ވޮލީބޯލް ލީގުގެ އަންހެން ޑިވިޝަނުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ޕޮލިސް ކްލަބުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ޕޮލިހުން ވަނީ ލީގު ފިޔަވަހީގެ ބުރުގެ އެންމެ ފަހު މެޗުގައި 3-2 ސެޓުން އެންމެފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ ބަލިކޮށްފައެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓުން ޕޮލިސް ކްލަބް ކުރިހޯދީ 26-24 އާއި 25-17 އިންނެވެ. ނަމަވެސް، ދެންޖެހިގެންއައި ދެ ސެޓުގައި 25-19 އަދި 25-23 އިން ކާމިޔާބުކޮށް، ވެމްކޯ އިން ވަނީ ފަސްވަނަ ސެޓަށް ކުޅުން ގެންގޮސްފައެވެ.

ވެމްކޯއާ ޕޮލިސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މި މެޗުގެ ފަސްވަނަ ސެޓުގައި މާބޮޑު ވާދަވެރިކަމެއް ނެތި ޕޮލިހުން ކާމިޔާބުކުރީ 15-5 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސޯފިއާ ކްރެކާ އެވެ.

ރޭގެ މެޗަށްފަހު، ބޭއްވި ރަސްމިއްޔާތެއްގައި މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުމާއި، މެޑެއްޔާއި ޓްރޮފީ ހަވާލުކޮށްފައެވެ. މެޗު ޝަރަފުވެރިކޮށްދެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ. މީގެއިތުރުން، ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލް ވެސް އިނާމުދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މުބާރާތުގެ ޑްރީމްޓީމް ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިން:

އެންމެ މޮޅު އައުޓްސައިޑް އެޓޭކަރ: އައިޝަތު މާޖިދާ (ކްލަބް ވެމްކޯ)

އެންމެ މޮޅު އައުޓްސައިޑް އެޓޭކަރ: އާމިނަތު އަރީޝާ (ޕޮލިސް ކްލަބް)

އެންމެ މޮޅު އޮޕޮސިޓް ޕްލެއާ: ފާތިމަތު ސަމްހާ (ފްލެކްސަރ ސްޕޯޓްސް ކްލަބް)

އެންމެ މޮޅު މިޑްލް ބްލޮކަރ: މަރިޔަމް އަޒްމާ (ޕޮލިސް ކްލަބް)

އެންމެ މޮޅު މިޑްލް ބްލޮކަރ: ނަރީމާ އިދްރީސް (ކްލަބް ވެމްކޯ)

އެންމެ މޮޅު ސެޓަރ: ފާތިމަތު ޖޫޒާން ޒަރީރް (ކްލަބް ވެމްކޯ)

އެންމެ މޮޅު ލިބެރޯ: ނުހާ ވަހީދު (ކްލަބް ވެމްކޯ)

އެންމެ އުއްމީދީ ކުޅުންތެރިޔާ: މަރިޔަމް ރިޝްފާ (ހުރާ ކޮމިއުނިޓީ ކްލަބް)

އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: ގްރެޒިއެލް ރިބެއިރޯ ޑެ ސޫޒާ (ޕޮލިސް ކްލަބް)

ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ: އާމިނަތު އަރީޝާ (ކްލަބް ވެމްކޯ)

އެންމެ މޮޅު ކޯޗު: މުނާ މުނީރު (ޕޮލިސް ކްލަބް)

ކިޔުންތެރިންގެ ހިޔާލު