ENGLISH

04 ޖޫން 2025

Advertisement

ލ. ފޮނަދޫ ކުރިގަމު އަވަށު ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށް

27 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ފޮނަދޫ ކުރިގަމު އަވަށު ފުޓްސަލް ދަނޑުގެ މަސައްކަތް ކުރިއަށްދާ ގޮތް. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ހައްދުންމަތީ ފޮނަދޫ ކުރިގަމު އަވަށު ފުޓްސަލް ދަނޑުގެ ވަށާ ފާރު ނިންމައި، ފެންސް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ލ. ފޮނަދޫގައި އަޅާ ފުޓްސަލް ދަނޑުގެ މަސައްކަތަކީ މެގަ ލިންކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ގާތްގަނޑަކަށް 1.6 މިލިއަން ރުފިޔާގެ އަގުހުރި މި ދަނޑުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެންބަރު މަހު އެވެ.

މި މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ވަށާ ފާރުގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، ވަށާ ފާރާއެކު ފެންސް ހަރުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްގެންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ދަނޑުގެ މަސައްކަތް ނިންމާލުމަށްފަހު، ފޮނަދޫގައި ފުޓްސަލް ކުރިއެރުވުމަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދިޔުމެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ވީހާވެސް އަވަހަށް ނިންމައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު