ENGLISH
04 ޖޫން 2025
ޙަމްނާ އަށް ފެތުމުގެ އިތުރު ޤައުމީ ރެކޯޑެއް
27 އޭޕްރީލު 2025
|
އޭޝިއަން ގޭމްސްގެ ސްވިމިންގ އިވެންޓްގެ ތެރެއިން. --ފޮޓޯ: އެމްއޯސީ
ރާއްޖޭގެ ގައުމީ ސްވިމިންގ ޓީމުގައި ހިމެނޭ ޙަމްނާ އަހުމަދު ފެތުމުގެ އިތުރު ޤައުމީ ރެކޯޑެއް އާކޮށްފިއެވެ.
ހަންގޭރީގައި ކުރިއަށްދިޔަ އެ ޤައުމުގެ 127 ވަނަ ނޭޝަނަލް ޗެމްޕިއަންޝިޕްސްގައި ޙަމްނާ ވަނީ އަންހެނުންގެ ލޯންގކޯސް 200 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުން ޤައުމީ ރެކޯޑެއް އާކޮށްފައެވެ.
ޙަމްނާ މި ރެކޯޑް އާކޮށްފައިވަނީ، 03:03.69 އިން ރޭސް ނިންމައިގެންނެވެ.
ކުރިން މި ރެކޯޑް އޮންނަނީ، އައިޝަތު ސާޖިނާ އަތުގައެވެ. އެއީ، މީގެ ހަ އަހަރުކުރީން، 2019 ވަނަ އަހަރު ބޭއްވި 18 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 03:04.53 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މީގެކުރީން، ޙަމްނާ ވަނީ މި މަހު ކުރިއަށްދިޔަ ހަންގޭރީ މުބާރާތުގައި 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ވެސް އާކޮށްފައެވެ.