ENGLISH

09 މޭ 2025

Advertisement

ކަޝްމީރު ޙަމަލާއާ ގުޅިގެން އިންޑިޔާ ރައްޔިތުންނަށް ވިސާ ދިނުން ޕާކިސްތާނުން މެދުކަނޑާލައިފި

25 އޭޕްރީލު 2025

|

ހަސަން އާމިރު

އިންޑިޔާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަޙައްދުގައި ހަތިޔާރު އެޅި ބަޔަކު އެތަނުގައި ތިބި ޓޫރިސްޓުންނަށް އަމާޒުކޮށް ދިން ބަޑީގެ ޙަމަލާތަކުގައި 26 މީހަކު މަރައިލި ހާދިސާއާ ގުޅިގެން، އިންޑިޔާ ރައްޔިތުންނަށް ވިސާ ދިނުން ޕާކިސްތާނުން މެދުކަނޑާލައިފިއެވެ.

އެ ޙަމަލާގައި ބައިވެރިވި ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނުގެ ރައްޔިތުން ކަމަށް އިންޑިޔާ ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެ ތިން މީހުން ވެސް ނިސްތަބްވަނީ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާާތެއް ކަމަށްވާ ލަކްޝަރޭ ޠާއިބާ އަށް ކަމަށް އިންޑިޔާ ސަރުކާރުން ވަނީ ބުނެފައެވެ.

ނަމަވެސް، އެ ޙަމަލާގެ ފަހަތުގައި ޕާކިސްތާނުގެ އަތެއްވާ ކަމަށް ކުރެވޭ ތުހުމަތުތައް ޕާކިސްތާނުގެ ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

އެކަމާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އަބަދުވެސް އޮންނަ ނުތަނަވަސްކަން ވަނީ އިތުރަށް ގޯސްވެފައެވެ.

އިންޑިޔާގެ ރައްޔިތުންނަށް ވިސާ ދިނުން މެދުކަނޑައިލުމުގެ އިތުރަށް، ޕާކިސްތާނުގައި ތިބި އިންޑިޔާގެ ބައެއް ޑިޕްލޮމެޓުން ވެސް ޕާކިސްތާނުން ވަނީ އަނބުރާ ފޮނުވާލައިފައެވެ.

ޕާކިސްތާނުން މި ފިޔަވަޅު އަޅާފައިވަނީ، ޕާކިސްތާނުގެ ރައްޔިތުންނަށް ވިސާ ދިނުން އިންޑިޔާއިން ވެސް މެދުކަނޑައިލުމުގެ ރައްދުގައެވެ.

މި ހަމަލާ އަމާޒުކޮށްފައިވަނީ މައި ސިޓީ ކަމަށްވާ ސްރީނަގަރާ ގާތްގަނޑަކަށް 90 ކިލޯމީޓަރު ދުރުގައި އޮންނަ ޕަހަލްގަމްގައި އުޅުނު ޓޫރިސްޓުންގެ ބަޔަކަށެވެ.

އެ ޙަމަލާގައި މަރުވި މީހުން ނިސްބަތްވަނީ އިންޑިޔާގެ އެކި ހިސާބުތަކުން އައިސްތިބި އިންޑިޔާގެ ރައްޔިތުން ކަމަށް ކަމާބެހޭ އިދާރާތަކުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު