ENGLISH

10 މޭ 2025

Advertisement

ޗައިނާއަށް ބޮޑުކުރި ޑިޔުޓީގެ އިންސައްތަ ކުޑަކުރައްވާނެކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވައިފި

23 އޭޕްރީލު 2025

|

ހަސަން އާމިރު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާއަށް އެތެރެކުރާ ޗައިނާގެ މުދަލުން މިހާރު ބޮޑުކޮށްފައިވާ އިންސައްތަ ކުޑަކުރައްވާނެކަމުގެ އިޝާރާތެއް ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން، އެކި ފަހަރުމަތިން ޑިޔުޓީ ބޮޑުކުރަމުން އައިސް، ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ މިހާރު ވަނީ 145 ޕަސެންޓުން މައްޗަށް ޖައްސައިފައެވެ. ބާކީ ތިބި ގިނަ ޤައުމުތަކުން އެތެރެކުރާ މުދަލުން ޑިޔުޓީ ބޮޑުކޮށްފައިވަނީ 10 ޕަސެންޓުންނެވެ.

އޭގެ ރައްދުގައި ޗައިނާއިން ވަނީ އެމެރިކާއިން އެތެރެކުރާ މުދަލުން 125 ޕަސެންޓުން ޑިޔުޓީ ބޮޑުކޮށްފައެވެ.

އެއާ އެކު ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުގެ މެދުގައި ފެށިފައިވާ ވިޔަފާރީގެ ހަނގުރާމައިގެ ލޮޅުން ދުނިޔޭގެ އިޤްތިޞާދަށް ވެސް ވަނީ ކުރަން ފަށައިފައެވެ.

ޓްރަމްޕް އިއްޔެ ވިދާޅުވި ގޮތުގައި ޗައިނާގެ މުދަލުން މިހާރު ނަގާ 145 ޕަސެންޓަކީ "ވަރަށް ބޮޑު" އަދަދެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

އަދި މުސްތަޤުބަލުގައި އެ އިންސައްތަ ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"އެކަމަކު ސުން ޕަސެންޓަކަށް ނުވެއްޓޭނެ،" ޓްރަމްޕް ވިދާޅުވިއެވެ.

ދުނިޔޭގެ ބޮޑެތި ބައެއް ޤައުމުތަކަށް ޓްރަމްޕް އިޢުލާނުކުރެއްވި ޑިޔުޓީގެ އިންސައްތައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދީ ހަނގުރާމައެއް ފެށުމުގެ ފުރުޞަތު ވަނީ ބޮޑުވެފައެވެ.

ނަމަވެސް، ދުނިޔޭގެ ބާޒާރަށް އެރި ލޮޅުންތަކާ އެކު، ޓްރަމްޕް ވަނީ އޭގެތެރެއިން ގިނަ ޤައުމުތަކަށް ޑިޔުޓީ ބޮޑުކުރުން 90 ދުވަހަށް ފަސްކުރަން ނިންމަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު