ENGLISH

09 މޭ 2025

Advertisement

އަމިއްލަ ކުންފުނިތައް ބާކީއެއް ނުކުރަން: މިނިސްޓަރ ސަޢީދު

21 އޭޕްރީލު 2025

|

އަހުމަދު ސައީދު

ބްރެޒިލްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ހަވައިނާސްގެ ފުރަތަމަ އައުޓްލެޓް މާލޭގައި ހުޅުއްވައިދެއްވުމަށްފަހު، މިނިސްޓަރު މުހައްމަދު ސަޢީދު ފިހާރަ ތެރޭގައި މަޑުކޮށްލައްވައިގެން-- ފޮޓޯ/ ޓްރޭޑް މިނިސްޓްރީ

ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީ ނުވަތަ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާކަމަށާއި އަމިއްލަ ކުންފުނިތަކުގެ ވިޔަފާރި ހިމާޔަތް ކޮށްދިނުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ކަމަށް އިކޮނިމިކް ޑިޕެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ތެރޭގައި ހިންގަން ރާވާފައިވާ ޕީއެސްއައިޕީގެ ގިނަ ޕްރޮޖެކްޓުތަކެއް މިދިޔަ މަހު ވަނީ ސަރުކާރު ހިއްސާވާ ކުންނިތަކާ ހަވާލުކޮށްފައެވެ. އެކަމުގެ ސަބަބުން، މިފަދަ މަސައްކަތްތައް ކުރާ އަމިއްލަ ކުންފުނިތަކަށް ހީނަރުކަން އަންނާނެ ކަމަށް ބައެއް ފަރާތްތަކުން ބުނާ ވާހަކަތަކަށް އިޝާރާތްކުރައްވާ މިނިސްޓަރު ވިދާޅުވީ އިކޮނޮމިކް ކައުންސިންގެ ހަ ބައްދަލުވުމެއް މިހާތަނަށް ބާއްވާފައިވާއިރު، އަމިއްލަ ފަރާތްތަކުގެ ކަންބޮޑުވުންތައް ސަރުކާރުން އަޑުއަހަމުން ގެންދާ ކަމަށެވެ. އަދި ކުދި ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. 

"މި ސަރުކާރުން، ޕްރައިވެޓް ކޮންޓްރެކްޓަރުންނާއި ލޮޖިސްޓިކްސް ޓްރާންސްޕޯޓް ސަޕްލައިޗެއިންގައި ހަރަކާތެރިވާ ދިވެހިން ކުންފުނިތަކުގެ އެންމެ ބޮޑެތި ކަންބޮޑުވުންތައް. މި ހުރިހާ ފަރާތްތަކުގެ ޚިޔާލުތައް އެއްކޮށް އެއޮތީ ރައީސްގެ ލަފާފުޅާ އެއްކޮށް ކެބިނެޓަށް ގެންގޮސްފައި. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ފުރަތަމަ ފަހަރަށް އުފެދިގެން އަންނަ ފޮރިން އިންސްޓުމަންޓުގެ ގަވާއިދު ވެގެންދާނެ ދިވެހި ވިޔަފާރިތައް ހިމާޔަތް ކުރާނެ ގަވާއިދަަކަށް. ދިވެހި ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދޭނެ ގަވާއިދަކަށް،" ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަމިއްލަ ފަރާތްތަކުގެ އެންމެ ބޮޑެތި ކަންބޮޑުވުންތަކަކީ ބޭރުގެ ކުންފުނިތަކުން އައިސް މުދާ އުފުލުމާއި ސަޕްލައިކުރުން ފަދަ ދިވެހި ކުންފުނިތަކުން ހަރަކާތްތެރިވާ ވިޔަފާރިތަކަށް ވަނުމެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގެވުމަކީ ރައީސް ވެވަޑައިގަންނަވާފައިވާ ވަޢުދުފުޅެކެވެ. އެ މަޝްރޫއުތައް ކޮންމެހެން ކުރިއަށް ގެންދިއުމަކީ ކުރަން ޖެހޭ ކަމެއްކަމަށްވާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ އިގްތިސާދީ ހާލަތަށްވެސް ރިޔާއަތް ކޮށްފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ޕްރޮޖެކްޓުތައް ހަވާލުކުރުމަކީ ޕްރައިވެޓް ސެކްޓާރ ނުވަތަ އަމިއްލަ ކުންފުނިތައް ބާކީކުރުން ކަމުގައި މާނަކޮށްގެން ނުވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު