ENGLISH

03 ޖުލައި 2025

Advertisement

ބެންކަށް މާރުކުރާ ޑޮލަރު އިތުރުވުމަކީ ބޮޑު ކާމިޔާބީއެއް: ސައީދު

21 އޭޕްރީލު 2025

|

އަހުމަދު ސައީދު

މާލާގައި ބޭރުފައިސާ މާރުކުުރުމުގެ ހިދުމަތް ދޭތަނެއް: ބެންކު ތަކަށް ޑޮލަރު މާރުކުރާ މިންވަރު ވަނީ 40 ޕަސެންޓް އިތުރުވެފައި-- ފޮޓޯ/އެމްއެމްޓީވީ

ބޭރު ފައިސާ މާރުކުރުމާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށިފަހުން، ބޭންކަށް މާރުކުރާ ޑޮލަރުގެ އަދަދު އިތުރުވުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި ޑޮލަރުގެ ކަޅުބާޒާރު ނައްތާލުމަށް އަޅާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނާނެ ކަމަށް އިކޮނިމިކް ޑިޕެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި އިކޮނިމިކް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ނޫސްވެެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސަޢީދު ވިދާޅުވީ ބޭރު ފައިސާ މާރުކުރުމާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށިފަހުން މާޗް މަހާއި ހަމައަށް 150 މިލިއަން ރުފިޔާ (2.3 ބިލިއަން ރުފިޔާ) ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޕޮޑް ކާސްޓުގައި ވެސް ދާދިފަހުން ފާހަގަކުރައްވާފައިވާ ކަމަށެވެ. ކުރިއާ އަޅާބަލާއިރު ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރު 40 ޕަސެންޓް އިތުރުވެފަައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ބޭރުފައިސާއާ ބެހޭ ގަވާއިދަށް އަމަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން، ކަޅުބާޒާރުގައި ޑޮަލަރުގެ އަގު ދަށްވެ ކަޅުބާޒާރު ވެސް އަވަސް ފުރުސަތެއްގައި ހީނަރުވެގެން ދާނެކަމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފާހަގަކުރައްވާފައިވާ ކަމަށެވެ. 

"މިއާއެކު ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކެއް ވެސް އެބަހުރި، އޭގެ ތެރޭގައި ދިވެހި ރާއްޖޭގެ އެކްސްޕޯޓު އިތުރުކުރުން، އެހެންވީމަ ފަށައިގެން އެފްޓީއޭގެ ވާހަކަ ވެސް މި ދެއްކީ އެހެންވެގެން،" މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ 2025 ވަނަ އަހަރު ޖެނުއަރީ އަދި ފެބްރުއަރީ މަހުގެ ތެރޭގައި އެކްސްޕޯޓުން ލިބުނު ޖުމްލަ ބޭރުފައިސާގެ އާމްދަނީ 2024 ވަނަ އަހަރާ އަޅާބަލާއިރު 11 ޕަސެންޓް އިތުރުވެފައިވާކަން ފާހަގަކުރަން ޖެހޭ ކަމަށެވެ. އަދި މި އަަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި މަހުގެ ބާވަތްތަކުގެ އެކްސްޕޯޓް އިތުރުވުމަކީ ވެސް ޑޮަލަރުން ލިބޭ އާމްދަނީ އަށް ހެޔޮބަދަލު އަންނާނެ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

"ޑޮލަރުގެ ކަންތަކުގައި އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ކިޔަވާ ކުދިންނާ އުމްރާއަށް ވަޑައިގެންނެވި ބޭފުޅުންނަށް ވެސް ފަަސޭހައިން ޑޮލަރު މާރުކުރެވި، އަދި ކުރިއަށްވުރެ ރަނގަޅަށް ބެންކު މެދުވެރިކޮށް ލިބެންޖެހޭ އަދަދު އިތުރުކުރެވިފައިވަނީ، ޑޮަލަރު މާރުކުރާ ވަރު 40 ޕަސެންޓް އިތުރުވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް،" މިނިސްޓަރު ވިދާޅުވި އެވެ. 

ބޭފު ފައިސާ ބެންކަށް މާރުކުރުމުގެ ނަތީޖާއަކަށް ވާނީ އާންމު ރައްޔިތުންނަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެން ދާނެ ކަމެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. 

އެގޮތުން،

  • ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރުން (2025 ޖުލައި މަހުން ފެށިގެން)
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެ ގުނަކޮށް، އެ އަދަދު 1،000 ޑޮލަރަށް ހެދުން (2026 ގެ ފުރަތަމަ ކުއާޓަރު)
  • ކްރެޑިޓް ކާޑު ލިމިޓުތައް ބޮޑުކޮށްދިނުން (2026 ގެ ފުރަތަމަ ކުއާޓަރު)
  • ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރުން (2025 ޖުލައި މަހުން ފެށިގެން)

މިދިޔަ އަހަރުގެ ޑިސެމްބަރ 14 ވަނަ ދުވަހު ގެޒެޓްގައި ޝާއިއުކުރި ބޭރު ފައިސާއާބެހޭ ގާނޫނަށް އަމަލުކުރަން ފެށީ މިއަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުންފެށިގެންނެވެ. 

ބޭރު ފައިސާއާ ބެހޭ ގާނޫނުގައިވާ ގޮތުން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރެވެ.

އަދި "ކެޓެގަރީ ބީ" ގައި ހިމެނޭ ސަފާރީތަކާއި ގެސްޓުހައުސްތަކާއި ހޮޓާތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން ޖެހެ އެވެ.

ޓޫރިޒަމް ނޫން ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ ޖަމާކުރުމާއި މާރުކުރުން މަޖުބޫރު ވަނީ އަހަރެއްގެ ތެރޭގައި 15 މިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު