ENGLISH

21 އޭޕްރީލު 2025

Advertisement

ބަންކަރިންނާ ބެހޭ ގަނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި

21 އޭޕްރީލު 2025

|

އަހުމަދު ސައީދު

އިކޮނިމިކް ޑިޕެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުޙައްމަދު ސަޢީދު-- ފައިލްފޮޓޯ

ރާއްޖޭގައި ބައިނަލް އަގުވާމީ ބަންކަރިން ހިދުމަތްް ދިނުމާ ބެހޭ ގާނޫނެއް އެކުލަވާލުމަށް ކަމާ ބެހޭ ފަހާރްތަކާއެކު މަޝްވަރާތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އިކޮނިމިކް ޑިޕެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި އިކޮނިމިކް ޑިޕެލޮޕްމަންޓް މިނިސްޓްރީގެ ނޫސްވެެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސަޢީދު ވިދާޅުވީ ސެޕްޓްމެބަރު 2024 ގައި ސަރުކާރުން އިހަވަންދިންޕޮޅުގައި ފެށި ބަންކަރިންގެ ހިދުމަތް އެސްޓީއޯއިން ހުއްޓުމެއް ނެތި ކުރިއަށް އެބަގެންދާ ކަމަށެެވެ. އަދި އެ ހިދުމަތް އިތުރަށް ތަރައްގީކުރުމަށްޓަކައި އެ ސަރަހައްދުގައި ބަނދަރެއް ތަރައްގީކުރުމާއި އިންފްރާސްޓަރަކްޗާ ތަރައްގީ ކުރުމަށް ފައިނޭންސް ހޯދުމާއި އެކަމާ ގުޅުންހުރި ވަރަށް ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

"ބަންކަރިންނާ ބެހޭ ގާނޫނެއް ހެދުމަށްޓަކައި ރާއްޖޭގައި ބަންކަރިންގެ ހިދުމަތްދޭ ދިވެހި ކުންފުނިތަކާއެކު މަޝްވަރާތަކެއް އެބަކުރިއަށްދޭ، މި އަހަރު ތެރޭގައި ހުވަރަފުށީގައި ބަނދަރު ތަރައްގީ ކުރަން ފަށަން ސަރުކާރުން ނިންމާފައިވަނީ، އެކަންވެސް ފެށުމަށްޓަކައި އެކަމާ ގުޅުންހުރި މަސައްކަތްތައް މިހާރު ވެސް ހިނގަމުން އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ބަންކަރިން ވިޔަފާރިއަށް ބަލާއިރު، އޭގެ އެއް ޕަސެންޓް ވިޔަފާރި ހޯދުނަސް ރާއްޖެއަށް އަހަރަކު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެވަރުގެ އާމްދަނީ އެއް ހޯދުމުގެ ފުރުސަތު އޮތްއިރު، ބަންކަރިން ހިދުމަތް އިތުރަށް ތަރައްގީ ކުރަން ޖެހޭ ކަމަށެވެ. 

ސަރުކާރުން އުތުރުގައި ހިންގާ އެންމެ ބިޔަ ތަރައްގީގެ މަޝްރޫއު ކަމަށްވާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓުގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ ބަނދަރާއި އެ ބަނދަރާ ގުޅިފައިވާ އެހެނިހެން ހިދުމަތްތައް ގާއިމުކުރުމަށް ސިންގަޕޫރުގެ ކުންފުންޏަކާ އެކު 100 މިލިއަން ޑޮލަރުގެ ފްރޭމްވޯކު އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ނޮވެމްބަރު 9 ވަނަ ދުވަހު ސޮއިކޮށްފައިވެ އެވެ. މި އެއްބަސްވުން ގާއިމްކޮށްފައި ވަނީ ސަރުކާރުގެ ބޮޑު ފަސް ކުނި ގުޅިގެން އުފައްވާފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކުންފުންޏާއި ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓް ފަންޑްއާ ދެމެދު އެވެ. 

ކިޔުންތެރިންގެ ހިޔާލު