ENGLISH

09 މޭ 2025

Advertisement

ޓެކްސް ނުދައްކާ 146 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

20 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

މީރާގެ ހެޑް އޮފީހުގެ ރިސެޕްޝަން.

ޓެކްސް ނުދައްކާ 146 ފަރާތެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ހާމަކޮށްފިއެވެ.

މި ފަރާތްތަކަކީ ދައްކަންޖެހޭ ޓެކުހުގެ އަދަދު 600،000 ރުފިޔާ އަށް ވުރެ މަތި ފަރާތްތަކެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް، ޓެކްސް ދައްކަން ޖެހޭ މުއްދަތުގައި ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާއިން ވަނީ އާންމުކޮށްފައެވެ. މިގޮތުން، ޖުމްލަ 146 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފައިވާއިރު މި ފަރާތްތަކަކީ، މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ނުދައްކާ ފަރާތްތަކެވެ. މި ފަރާތްތަކުން ސީދާ ދައްކަންޖެހޭ ޓެކުހުގެ އަދަދެއް މީރާއިން އާންމުކޮށްފައެއް ނުވެއެވެ.

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން މީރާއިން އެ ކުންފުނިތަކުގެ ލިސްޓު އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ލިސްޓުގައި ރާއްޖޭގައި ހޯލްސޭލް ވިޔަފާރި ކުރާ ކުންފުތިކާއި، އުޅަނދު ވިއްކާ މަޝްހޫރު ވިޔަފާރި ފަދަ ތަންތަންވެސް ހިމެނެއެވެ.

ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން މީރާއިން ހާމަކުރަނީ އެ ފަރާތްތަކުގެ ނަން ހާމަކުރުމުގެ ކުރިން ފައިސާ ދެއްކުމަށް ތަކުރާރުކޮށް ހަނދާންކޮށްދީ ތަފާތު ނޯޓިސްތައް ފޮނުވައި އިތުރު މުއްދަތުތަކާއި ފުރުސަތުތައް ވެސް ދިނުމަށް ފަހުއެވެ. އަދި އުސޫލުގެ ތެރެއިން ތަފާތު އެކި ލުއިތައް އެފަރާތްތަކަށް ފަހިކޮށްދެއެއެވެ.

އެ ފަރާތްތަކަށް އެއްފަހަރާ ފައިސާ ދެއްކެން ނެތްނަމަ އިންސްޓޯލްމަންޓު އުސޫލުން ބަހާލައިގެން ފައިސާ ދެއްކުމުގެ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވެސް މީރާއިން ދެއެވެ. މިގޮތަށް އެއްބަސްވުންތައް ހަދާ ފަރާތްތަކުން ފައިސާ ދައްކާނަމަ ތަންފީޒީ އިތުރު ފިޔަވަޅުތައް ނާޅާނެ ކަމުގެ ޔަގީންކަން ވެސް މީރާއިން ދެއެވެ.

ޓެކްސް ދެއްކުމުގައި ލުއިތަކެއް ދިނުމަކީ ޓެކްސް ދައްކާ މިންވަރު އިތުރުވާ ކަމެއްކަމަށް މީރާއިން ފާހަގަކުރެއެވެ. އަދި އެ އޮތޯރިޓީއިން ވަނީ ލުއިތައް ދިން ނަމަވެސް، ދުރާލާ ޓެކްސް ބަޔާންތައް ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު