ENGLISH

04 ޖޫން 2025

Advertisement

ޤައުމީ ވޮލީ ލީގު: ވެމްކޯ އާއި ޕޮލިހުން ފެށީ މޮޅަކާއެކު

19 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ޕޮލިހާއި ފްލެކްސަރ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވީއޭއެމް

ޤައުމީ ވޮލީބޯލް ލީގުގެ އަންހެން ޑިވިޝަނުގައި ކްލަބް ވެމްކޯ އާއި ޕޮލިސް ކްލަބް ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ވެމްކޯ އިން ވަނީ 3-1 ސެޓުން ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ދެ ސެޓުން ވެމްކޯ 25-19 އާއި 25-22 އިން މޮޅުވެފައިވަނިކޮށް، ހުރާ ޓީމުން ވަނީ ތިންވަނަ ސެޓުގައި 25-16 އިން ކުރިހޯދައިފައެވެ. އެކަމަކު، ދެން ކުޅެވުނު ހަތަރުވަނަ ސެޓުން ވެމްކޯ މޮޅުވީ  25-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯ ޕަތިޔާ ޖުއަންގޖަން އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ޕޮލިސް ކްލަބް ވަނީ 3-1 ސެޓުން ފްލެކްސަރ ސްޕޯޓްސް ކްލަބު އަތުން މޮޅުވެފައެވެ.

މި މެޗުގެ ފުރަތަމަ ސެޓުން ޕޮލިސް ކްލަބް މޮޅުވީ 25-20 އިންނެވެ. އެއަށްފަހު، ދެން ކުޅެވުނު ދެވަނަ ސެޓު ވަރަށް ވާދަވެރި ކުޅުމަކަށްފަހު ފްލެކްސަރ ކާމިޔާބުކުރީ 28-26 އިންނެވެ. ނަމަވެސް، އޭގެފަހުން ދެން ކުޅެވުނު ދެ ސެޓުން 25-18 އަދި 25-17 އިން ކުރިހޯދައި ޕޮލިހުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބުގެ ސޯފިއާ ކްރެކާ އެވެ.

މި ފަހަރުގެ ޤައުމީ ވޮލީބޯލް ލީގުގައި ހަ ކްލަބަކުން ވަނީ ބައިވެރިވެފައެވެ. އެއީ، އެންމެ ފަހުގެ ޗެމްޕިއަން، ވެމްކޯ އާއި ޕޮލިސް ކްލަބުގެ އިތުރުން ހުރާ ކޮމިއުނިޓީ ކްލަބާއި، ގުޑް ގޭމްސް ސްޕޯޓްސް އެކަޑެމީ އާއި ސިޓީ ފްރެންޑްސް ކުލަބު އަދި ފްލެކްސަރ ސްޕޯޓްސް ކުލަބެވެ.

މި މުބާރާތުގައި މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ގުޑް ގޭމްސް ސްޕޯޓްސް އެކަޑެމީ ބައްދަލުކުރާނީ ސިޓީ ފްރެންޑްސް ކުލަބާ އެވެ. ދެވަނަ މެޗުގައި މާދަމާ ރޭ ވެމްކޯ ނިކުންނާނީ ފްލެކްސަރ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު