ENGLISH

10 މޭ 2025

Advertisement

އާން އަށް ފެތުމުގެ ޤައުމީ ރެކޯޑެއް

19 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ރާއްޖޭގެ ޤައުމީ ސްވިމިންގ ޓީމުގެ އާން. --ފޮޓޯ: ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ރާއްޖޭގެ ޤައުމީ ސްވިމިންގ ޓީމުގައި ހިމެނޭ މުޙައްމަދު އާން ޙުސައިން ފެތުމުގެ ޤައުމީ ރެކޯޑެއް އާކޮށްފިއެވެ.

ހަންގޭރީގައި މިހާރު ކުރިއަށްދާ އެ ގައުމުގެ 127 ވަނަ ނޭޝަނަލް ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ އާން ވަނީ ފިރިހެނުންގެ ލޯންގކޯސް 50 މީޓަރު ބަޓަރފްލައި އިވެންޓުން ޤައުމީ ރެކޯޑެއް އާކޮށްފައެވެ.

އާން މި ރެކޯޑް އާކޮށްފައިވަނީ، 00.26.77 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

ކުރިން މި ރެކޯޑް އޮންނަނީ، މުޙައްމަދު ރިޙާން ޝިޙާމް އަތުގައެވެ. އެއީ، މިދިޔަ އަހަރު ބޭއްވުނު 59 ވަނަ މައިލޯ/އެމްއޭއެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްގައި 00.26.98 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

މީގެކުރީން، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް އާން ވަނީ ފެތުމުގެ ދެ އިވެންޓެއްގައި ޤައުމީ ރެކޯޑް އާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު