ENGLISH
19 އޭޕްރީލު 2025
ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި
18 އޭޕްރީލު 2025
|
މުބާރާތުގެ ޗެމްޕިއަން ޓީމު، ވެމްކޯ ޓްރޮފީ އާއެކު. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ޕޮލިސް ކުލަބު ބަލިކޮށް، ކުލަބު ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފިއެވެ.
މިދިޔަ ފަސް ފަހަރުގެ ޗެމްޕިއަންކަން ވެމްކޯ އިން ހޯދީ ވެސް ފައިނަލުގައި ޕޮލިސް ބަލިކޮށްގެންނެވެ. ވެމްކޯ އިން ޗެމްޕިއަންކަން ހޯދީ 2019، 2022، 2023 އާއި 2024 އަދި 2025 ގައެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުގައި ވެމްކޯ އިން ވަނީ ސީދާ ތިން ސެޓުން ޕޮލިސް ބަލިކޮށްފައެވެ.
ވެމްކޯއާ ޕޮލިސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
މި މެޗުގެ ސެޓުތައް ވެމްކޯ އިން ކާމިޔާބުކުރީ 25-20، 25-19 އާއި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ޕަތިޔާ ޖުއަންގޖަން އެވެ.
ފައިނަލް މެޗަށްފަހު މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީ އާއި މެޑެއްޔާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ޝަރަފުވެރި މެހެމާން، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، އަބްދުﷲ ރާފިޢު އެވެ.
މުބާރާތުގެ ޑްރީމްޓީމް ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިން:
އެންމެ މޮޅު އައުޓްސައިޑް އެޓޭކަރ: އައިޝަތު މާޖިދާ (ކްލަބް ވެމްކޯ)
އެންމެ މޮޅު އައުޓްސައިޑް އެޓޭކަރ: އާމިނަތު އަރީޝާ (ޕޮލިސް ކްލަބް)
އެންމެ މޮޅު އޮޕޮސިޓް ޕްލެއާ: ހައްވާ ރާޝިދާ (ޕޮލިސް ކްލަބް)
އެންމެ މޮޅު މިޑްލް ބްލޮކަރ: މަރިޔަމް އަޒްމާ (ޕޮލިސް ކްލަބް)
އެންމެ މޮޅު މިޑްލް ބްލޮކަރ: ނަރީމާ އިދްރީސް (ކްލަބް ވެމްކޯ)
އެންމެ މޮޅު ސެޓަރ: ފާތިމަތު ޖޫޒާން ޒަރީރް (ކްލަބް ވެމްކޯ)
އެންމެ މޮޅު ލިބެރޯ: ނުހާ ވަހީދު (ކްލަބް ވެމްކޯ)
އެންމެ އުއްމީދީ ކުޅުންތެރިޔާ: އައިޝަތު ދީމާ ނަދީމް (ހުރާ ކޮމިއުނިޓީ ކްލަބް)
ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ: އައިޝަތު މާޖިދާ (ކްލަބް ވެމްކޯ)
އެންމެ މޮޅު ކޯޗު: އަހުމަދު އަދީލް (ކްލަބް ވެމްކޯ)