ENGLISH

10 މޭ 2025

Advertisement

ރެއާލަކަށް ނުވި، އާސެނަލް ސެމީ އަށް

17 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ރެއާލްގެ ދަނޑުގައި އެ ޓީމުން އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑް 2-1 އިން ބަލިކުރުމަށް ފަހު މުބާރާތުގެ ސެމީ ފައިނަލުން އާސެނަލް ޖާގަ ހޯދައިފި އެވެ. 

މިއީ މިދިޔަ 16 އަހަރުގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އާސެނަލް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ ޓީމު މިހާތަނަށް ސެމީ ފަހަނައަޅައި ފައިނަލްގައި ކުޅުނު ފަހަރު 2006 ގައި ބާސެލޯނާ އަތުން ވަނީ ބަލިވެފައެވެ.

ދެ މެޗަށްފަހު ރެއާލްގެ މައްޗަށް އާސެނަލް ކުރިހޯދީ 5-1 ގެ އެގްރިގޭޓުންނެވެ. މި ދެ ޓީމުގެ މެދުގައި މީގެ ހަފްތާއެއްހާ ދުވަސްކުރީން އާސެނަލްގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ 3-0 އިންނެވެ.

ސެންޓިއާގޯ ބާނެބެއުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އާސެނަލަށް ލަނޑެއް ޖަހައިދޭން ރަނުގެ ފުރުޞަތެއް ލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން، މެޗުގެ 13 ވަނަ މިނެޓުގައި ބުކާޔޯ ސަކާ އަށް ލިބުނު ޕެނަލްޓީއަކުން ފޮނުވާލި ބޯޅަ ރެއާލްގެ ގޯލްކީޕަރު، ތިބައު ކޯޓުއާ ވަނީ ހުއްޓުވައިފައެވެ.

އާސެނަލްގެ ސަކާ (ވ) ރެއާލްގެ ގޯލަށް ބޯޅަ ފޮނުވާލަނީ.  --ފޮޓޯ: ރޮއިޓާސް

އޭގެފަހުން، ރެއާލަށް ޕެނަލްޓީއެއް ދޭން ނިންމުމަށް ފަހު، ރެފްރީ ވަނީ ވީއޭއާރް އާއި ޕިޗް ސައިޑްގައި ހުރި މޮނީޓަރުން ބެލުމަށްފަހު އެ ނިންމުން ބަދަލުކޮށްފައެވެ.

މެޗުގެ 65 ވަނަ މިނެޓުގައި އާސެނަލުން ލީޑު ނެގީ ސަކާ ވައްދާލި ހިތްގައިމު ގޯލުންނެވެ. މިއީ އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު، މިކޭލް މެރީނޯ ދިން ބޯޅައަކުން ސަކާ ޖެހި ގޯލެކެވެ.

އޭގެ ދެ މިނެޓުފަހުން، އާސެނަލްގެ ޑިފެންޑަރު، ވިލިއަމް ސަލީބާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ވިނީޝިއުސް ޖޫނިއާ ވަނީ ރެއާލަށް އެއްވަރުކޮށްދީފައެވެ.

އާސެނަލްގެ ކެޕްޓަން، އޮޑެގާޑް އުފާ ފާޅުކުރަނީ.  --ފޮޓޯ: ރޮއިޓާސް

މި މެޗުގެ ފަހު 15 މިނެޓުގެ ކުޅުމަށް ދިޔައިރު، ރެއާލްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ، ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކޮށްފައެވެ.

އިތުރު ވަގުތުގެ ތިންވަނަ މިނެޓުގެ ތެރޭގައި އާސެނަލް މޮޅުވި ލަނޑު ޖަހައިދިނީ ގެބްރިއެލް މާޓިނެލީ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް މެރީނޯ އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި އާސެނަލުން ނުކުންނާނީ ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީއާ ދެކޮޅަށެވެ. މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 30 ވާ ބުދަ ދުވަހު އެވެ. އެ މެޗު ކުޅޭނީ އާސެނަލްގެ ދަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު