ENGLISH

19 އޭޕްރީލު 2025

Advertisement

ވޮލަންޓިއަރ ޕިއަރ ވޯކަރސްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެންޑީއޭ އިން ހުޅުވާލައިފި

16 އޭޕްރީލު 2025

|

އަހުމަދު ސައީދު

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިސްވެރިން-- ފޮޓޯ/ ދާޚިލީ ވުޒާރާ

ވޮލަންޓިއަރ ޕިއަރ ވޯކަރސްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހުޅުވާލައިފިއެވެ.

އެންޑީއޭއިން ބުނި ގޮތުގައި އެ އެޖެންސީގެ ދަށުން ހިންގޭ ސެންޓަރުތަކުގައި ވޮލަންޓިއަރ ޕިއަރ ވޯކަރސްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ސީ.ވީ އާ އެކު ސިޓީ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އެހެންކަމުން އެ މަސައްކަތުގައި ބައިވެރިވެ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް އެންޑީއޭއިން ވަނީ އެދިފައެވެ.

އެމްޑީއޭއިން ބުނި ގޮތުގައި މި ބުރުގައި ފުރުސަތު ދޭން ނިންމާފައިވަނީ ޖުމްލަ 30 މީހުންނަށެވެ. ވޮލަންޓިއަރ ޕިއަރ ވޯކަރސް އަަށް ހުށަހަޅާ ފަރާތަކީ ގްރޭޑް 7 ނިންމާފައިވުމާއި މަސްތުވާތަކެތީގެ ފަރުވާއެއް ފުރިހަމަކޮށް މަސްތުން ސާފުވެފައިވާ މީހަކަށްވާން ޖެހެއެވެ.

މި ފަރާތްތަކުން މަސައްކަތް ކުރުމަށް ހަމަޖައްސާފައި ވަނީ ހިންމަފުށީގައި ގާއިމްކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރާއި ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހާފްވޭހައުސް، ދަގެނާ އަދި ސ. ހުޅުދޫގައި ގާއިމްކޮށްފައި ހުރި ވިލުނު ސެންޓަރުގައެވެ. މީގެ އިތުރުން ގދ. ތިނަދޫ، ސ. ހިތަދޫ އަދި ފުވައްމުލައް ސިޓީ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގައި ވެސް މަސައްކަތް ކުރުމުގެ ފުރުސަތު އެންޑީއޭއިން ވަނީ ހުޅުވާލައިފައެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރުމަށް އެންޑީއޭއިން ވަނީ އެދިފައެވެ. އިތުރު މައުލޫމާތު 3312018 އަށް ގުޅުމުން ލިބޭނެކަމަށް އެންޑީއޭއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު