ENGLISH
18 ޖޫން 2026
ޕޭޕަލްއާއެކު ރާއްޖެ ވެގެންދާނީ މިފަދަ އިތުރު ހިދުމަތްތައް ފަސޭހައިން ޤާއިމުކުރެވޭނެ ގައުމަކަށް: ވަޒީރު ސަޢީދު
18 ޖޫން 2026
|
ވަޒީރު ސަޢީދު ބިޒްނަސް ފޯރަމެއްގައި ވާހަކަފުޅުދައްކަވަނީ. ޕޭޕަލްއާ އެކު ރާއްޖެއަށް އިތުރު މަޤްބޫލުކަމެއް ލިބިގެންދާނެކަމަށް ވިދާޅުވި.
އެންމެ މަޤްބޫލު
ރާއްޖެއަށް ރަސްމީކޮށް ޕޭޕަލްގެ ޚިދުމަތް ޤާއިމުކުރުން ވެގެންދާނީ މިފަދަ އިތުރު ވޮލެޓްތަކާއި ޚިދުމަތްތައް ރާއްޖެ ގެނައުމުގައި ފަސޭހަ ޤައުމަކަށް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ޕީއެސްއެމް އިން ގެނެސްދޭ "ޓްރޭޑް ޑެސްކް ވިތު އަނާ" ގައި ޕޭޕަލްގެ ޚިދުމަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައްޔިތުން އެދެމުން ދިޔައީ ބައިނަލްއަގްވާމީ ވިޔަފާރި ޕްލެޓްފޯމްތަކުގައި ފުރުސަތުތައް އިތުރުކުރުމަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ވިސްނުންފުޅު ނެރުއްވައި ކުރެއްވި މަސައްކަތް ދެއަހަރުތެރޭ ކާމިޔާބުވެގެންދިއުމަކީ ބޮޑު އުފަލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޕޭޕަލްއާއެކު ރާއްޖެއަށް ހުޅުވިގެންދިޔައީ ވަރަށް ގިނަ ފުރުސަތުތަކެއް ކަމަށާއި، ދުނިޔެ ކުރިއަށްދާ ހަލުވި ދުވެލީގައި މިފަދަ ޚިދުމަތްތައް ރާއްޖެއަށް މުހިއްމުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޕޭޕަލްގެ ޚިދުމަތް ވެގެންދާނީ މިފަދަ އެއްގޮތް އެހެނިހެން ޕްލެޓްފޯމްތައް ރާއްޖެއަށް ގެނެވޭނެ ސަބަބަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެކަން ކުރުމުގައި ރާއްޖެއަކީ މަޤްބޫލުކަން އޮތް ތަނަކަށް ވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ޕޭޕަލް އައުމާއެކު ރާއްޖެއަށް ލިބިގެންދާ އިތުބާރާއެކު، ވަރަށްގިނަ މިކަހަލަ ވޮލެޓްތައް އަދި ޕޭމަންޓް ގޭޓްވޭސްތަކާއި އަދި އިތުރަށް ރާއްޖޭގެ މާލީ ނިޒާމް އިންޓަގްރޭޓް ކުރުމުގައި ރާއްޖެ ބަދަލުކޮށްލާނެ ސަބަބަކަށް މިކަން ވެގެންދާނެ" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އޮތެންޓިކް މޯލްޑިވްސްގެ 400 އަށް ވުރެ ގިނަ ވެންޑަރުން މިހާރުވެސް އޮންލައިން ޕްލެޓްފޯމް، އަލީބާބާގައި މިހާރު ރަޖިސްޓާކޮށްފައިވާނެ ކަމަށެވެ. ޕޭޕަލް ރާއްޖެ އައުމާއެކު އެފަދަ ޕްލެޓްފޯމްތަކުގައި ތަކެތި ވިއްކުމުގެ ފުރުސަތު ބޮޑުވެ، ފައިސާ ލިބޭނެ ގޮތް މިހާރު މަގުފަހިވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ވަރަށް އިތުބާރު ހިފޭ މޮޑެލްއެއްގެ ތެރެއިން ހުޅުވިގެންދިޔަ ފުރުސަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.