ENGLISH

16 އޭޕްރީލު 2025

Advertisement

ހިޔާ ހަތަރު ޓަވަރަކާއި އެމްޕީއެއް ޓަވަރުން މާދަމާ ކަރަންޓު ކެނޑޭނެކަން ސްޓެލްކޯއިން ސަމާލުކަމަށް ގެނެސްފި

15 އޭޕްރީލު 2025

|

އަހުމަދު ސައީދު

ހުޅުމާލޭގެ ހިޔާ ޓަވަރުތައް ހިމެނޭ ސަރަހައްދު: މާދަމާ ކަރަންޓު ކެނޑޭނީ ހިލާ ޓަވަރު 13،14،15،16 އަދި އެމްޕީއެލްގެ ޓަވަރުތަކުން-- ފޮޓޯ/ އެމްއެމްޓީވީ

ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަން ޖެހޭ އިމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށް ހުޅުމާލޭގެ ހަތަރު ހިޔާ ޓަވަރަކާއި އެމްޕީއެލްގެ ޓަވަރުތަކުން މާދަމާ ވަގުތީ ގޮތުން ކަރަންޓު ކަނޑާލަން ޖެހޭތީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އެކަން އާންމުންގެ ސަމާލުކަމަށް ގެނެސްފިއެވެ. 

ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ކަރަންޓު ކެނޑޭނީ:

ހިޔާ ޓަވަރު H16, H15, H14, H13

ހެނދުނު : 10:00 އިން 11:00 އަށް

އެމްޕީއެލް ޓަވަރުތަކުން

މެންދުރު: 13:30 އިން 15:00 އަށް

ސްޓެލްކޯއިން ބުނީ މިގަޑިތައް މިގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދޫކުރާނެ ކަމަށެވެ.

ސްޓެލްކޯއިން ބުނީ މި މަސައްކަތަކީ ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށާއި މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. އަދި ކަރަންޓު ކަނޑާލަންޖެހުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް އެ ކުންފުނިން މައާފަށްވެސް އެދިފައިވެއެވެ. 

ކަރަންޓު ޚިދުމަތުގެ ފެންވަރު މަތިކުރުމާއި މަރާމާތު ކުރުމަށް ކުރާ މަސައްކަތާ ގުޅިގެން ޚިދުމަތް މެދުކެނޑޭނަމަ، ސްޓެލްކޯއިން ކުރިއާލައި އާންމުންނަށް އެކަން އަންގައެވެ.

ކިޔުންތެރިންގެ ހިޔާލު