ENGLISH
26 އޭޕްރީލު 2025
ސެމީގައި ޕޮލިހާއި ވެމްކޯގެ ކުރިމަތިލުމެއް
15 އޭޕްރީލު 2025
|
ވެމްކޯއާ ސިޓީ ފްރެންޑްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވީއޭއެމް
ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އެންމެ ފަހުގެ މުބާރާތުގެ ފައިނަލުގައި ކުޅުނު ކުލަބު ވެމްކޯއާ ޕޮލިސް ކުލަބު ބައްދަލުކުރާން ޖެހިއްޖެއެވެ.
ގްރޫޕް ސްޓޭޖުގެ ކުޅުން އިއްޔެ ނިންމާލިއިރު ޕޫލް ބީގެ އެއްވަނަ ވެމްކޯ ހޯދީ ތިން މެޗުން ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެވެ. މި ގްރޫޕުގެ ދެވަނަ އަށް ދިޔައީ ފްލެކްސަރ ސްޕޯޓްސް ކުލަބެވެ. ޕޫލް އޭގެ އެއްވަނަ ޕޮލިހުން ހޯދިއިރު، ދެވަނަ ހޯދީ ހުރާ ކޮމިއުނިޓީ ކުލަބުންނެވެ. މިއާއެކު، ސެމީގެ ދެވަނަ މެޗުގައި ޕޮލިހާއި ވެމްކޯ ބައްދަލުކުރާއިރު، އެ މެޗުން މޮޅުވާ ޓީމަކަށް ސީދާ ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ވެމްކޯ އިން ވަނީ ސީދާ ތިން ސެޓުން ސިޓީ ފްރެންޑްސް ކުލަބު ބަލިކޮށްފައެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ވެމްކޯ އިން މި މެޗުގެ ސެޓުތައް ކާމިޔާބުކުރީ 25-03، 25-12 އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރު އެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ހުރާ ކޮމިއުނިޓީ ކުލަބާއި ފްލެކްސަރ ބައްދަލުކުރާއިރު، ދެވަނަ ސެމީގައި މިރޭ ކުޅޭ މެޗުގައި ޕޮލިހުން ނިކުންނާނީ ވެމްކޯއާ ދެކޮޅަށެވެ.
މި ފަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.