ENGLISH

16 އޭޕްރީލު 2025

Advertisement

ސޫދާނުގެ ދާޚިލީ ހަނގުރާމައިގެ ތިން އަހަރުގެ ތެރޭގައި ގެދޮރު ގެއްލުނު މީހުންގެ އަދަދު 13 މިލިއަނަށް

15 އޭޕްރީލު 2025

|

ހަސަން އާމިރު

ސޫދާނޫގެ ދާޚިލީ ހަނގުރާމައަށް މިވީ ތިން އަހަރު ދުވަހުގެ ތެރޭގައި، 13 މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އދ.ގެ ރިޕޯޓެއްގައި ބުނެފިއެވެ.

ސޫދާންގައި ދާޚިލީ ހަނގުރާމަ ފެށުނީ ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް)ގެ ސިފައިން 2023 ވަނަ އަހަރުގެ އޭޕްރިލް މަހު ވެރިރަށް ޚަރްތޫމަށް އަރައި، އެ ރަށް ހިފުމަށް ޙަމަލާ ދިނުމުންނެވެ.

މި ހަނގުރާމައިގައި ސޫދާނު ވަނީ ދެ ފަޅިއަށް ބެހިފައެވެ. މިގޮތުން، ސޫދާނުގެ އިރާއި އުތުރު ސިފައިންގެ ބާރުގެ ދަށުގައި އޮތް އިރު، ދާރްފޫރު ހިމެނޭ ދެކުނުގެ ސަރަޙައްދުތަކަށް އާރުއެސްއެފުން ވަނީ އަތްގަދަކޮށްފައެވެ.

އދ.ގެ ރެފިޔުޖީ އޭޖެންސީން ބުނީ، މި ހަނގުރާމައިގެ ތެރެއިން ގެދޮރު ގެއްލުނު މީހުންގެ އަދަދު 13 މިލިއަން ހުރަސްކޮށްފައިވާއިރު، އޭގެތެރޭގައި 3.8 ރެފިޔުޖީން ވެސް ހިމެނޭ ކަމަށެވެ.

އާރުއެސްއެފުން މިހާރު ވެސް ދަނީ، އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށުގައި އޮތް ސަރަޙައްދުތައް ހިފުމުގެ ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

މިގޮތުން، ދަރްފޫރު ސަރަޙައްދުގައި އޮތް ބޮޑު ރެފިއުޖީ ކޭމްޕަކަށް ވަރުގަދަ ޙަމަލާތައްދީ، އެ ކޭމްޕަށް އަތްގަދަކޮށްފައެވެ.

ޒަމްޒަމް ކޭމްޕަށް ދިން ޙަމަލާތަކުގައި ޢާންމުންގެ 400 އަށްވުރެ ގިނަ މީހުން މަރައިލާފައިވާއިރު، އޭގެތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންގެ އިތުރުން އެހީދޭ ޖަމުޢިއްޔާތަކަށް ނިސްބަތްވާ އިޖުތިމާޢީ އަދި ޞިއްޙީ ޚިދުމަތްތެރިން ވެސް ހިމެނެއެވެ.

ޒަމްޒަމް ކޭމްޕު އަތްދަށު ކުރުމަށްފަހު، ދަރްފޫރުގެ އުތުރުގައި އޮތް ވެރިކުރަން ކުރާ ރަށް، އަލް-ފާޝިރުގައި އޮންނަ ރެފިއުޖީ ކޭމްޕެއް ކަމުގައިވާ އަބޫ ޝޫކަށް ވެސް އާރްއެސްއެފްގެ ޙަމަލާތައް މިހާރު ވަނީ އަމާޒުކޮށްފައެވެ.

ސޫދާނުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން، 30 މިލިއަނަށް ވުރެ ގިނަ މީހުން ޙާލުގައި ޖެހިފައިވާ ކަމަށް އދ.އިން ވަނީ ބުނެފައެވެ.

މި ހަމަނުޖެހުންތަކުގެ ތެރޭގައި އެ ޤައުމުގެ ގިނަ ސަރަޙައްދުތައް ދަނީ ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު