ENGLISH

26 އޭޕްރީލު 2025

Advertisement

ވިޒިޓް މޯލްޑިވްސްއާއި ލިވަޕޫލް ގުޅިގެން މައިއެލްއެފްސީ ފޭން އެޕް މެދުވެރިކޮށް މެޗު ދެ ޓިކެޓް ހޯދުމުގެ ފުރުޞަތު

14 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ލިވަޕޫލްގެ މައިއެލްއެފްސީ ފޭން އެޕް މެދުވެރިކޮށް މެޗެއް ބަލާލުމުގެ ފުރުޞަތު ހުޅުވާލުން. --ފޮޓޯ: ވިޒިޓް މޯލްޑިވްސް

އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯޅަ ކުލަބުގެ މައިއެލްއެފްސީ ފޭން އެޕް މެދުވެރިކޮށް، މި މަހުގެ 27 ވަނަ ދުވަހު އިނގިރޭސި ޕްރިމިއަރ ލީގުގައި އެ ޓީމު ޓޮޓްނަމް ހޮޓްސްޕަރއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ދެ ޓިކެޓް ހޯދުމުގެ ފުރުޞަތު އެ ކުލަބުގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރު، ވިޒިޓް މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އާއި ލިވަޕޫލް ފުޓްބޯޅަ ކުލަބު ގުޅިގެން ހުޅުވާލި މި ފުރުޞަތުގެ ތެރެއިން މެޗު ބެލުމަށްޓަކައި މައިއެލްއެފްސީ ފޭން އެޕް މެދުވެރިކޮށް ދެ މުބާރާތެއްގައި ބައިވެރިވެގެން އެ ކުލަބުގެ ގްލޯބަލް ސަޕޯޓަރުންނަށް ދެ ޓިކެޓް ލިބޭނެ އެވެ.

މި މުބާރާތުގައި ބައިވެރިވުމަށްޓަކައި، ވިޒިޓް މޯލްޑިވްސްގެ އިންސްޓަގްރާމް ޕޭޖަށް ޒިޔާރަތްކޮށްގެން އެކަން ކުރެވޭނެ އެވެ. އަންލޮކް ކުރުމުން ކަސްޓަމަރުންނަށް 100 ޕޮއިންޓް ލިބިގެން އިނާމު ލިބޭ ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ. އެންޓްރީ ވުމަށް: https://mylfc.liverpoolfc.com/store/raffles/441، ހިލޭ ވަނުމުގެ ފުރުސަތު ހިމެނޭ ގޮތަށް ފުރިހަމަ ޝަރުތުތައް https://www.liverpoolfc.com/legal/win-2-tickets-lfc-v-tottenham-hotspur-courtesy-maldives ފުރިހަމަ ވެގެންނެވެ.

ލިވަޕޫލް ފުޓްބޯޅަ ކުލަބުގެ އެންމެހާ ސަޕޯޓަރުންނަށް ހުޅުވާލައިފައިވާ މި މުބާރާތް ނިމޭނީ 18 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައެވެ.

މީގެއިތުރުން، ދިވެހި ސަޕޯޓަރުން އިތުރަށް ބައިވެރިކުރުމުގެ ގޮތުން ވިޒިޓް މޯލްޑިވްސް އިން ދަނީ ދިވެހީންނަށް ހާއްސަކޮށްގެން "ޝޯ ޔޯ ރެޑްސް" ފޮޓޯ މުބާރާތެއް ވެސް ކުރިއަށްގެންދަމުންނެވެ. މި މުބާރާތުގައި ލިވަޕޫލް ފުޓްބޯޅަ ކުލަބަށް އޮތް ލޯބި ދައްކުވައިދޭ ފޮޓޯއެއް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ އެކްސްގައި ޕޯސްޓް ކުރުމަށް ސަޕޯޓަރުންނަށް ވަނީ ފުރުޞަތު ހުޅުވާލައިފައެވެ.

އޭގެތެރޭގައި، ލިވަޕޫލް ފުޓްބޯޅަ ކުލަބުގެ ގިއާ ފަދަ ޖާޒީ ނުވަތަ ސްކާފް، ފޭން މޭކަޕް ނުވަތަ ފޭސް ޕެއިންޓް ނުވަތަ ދިދަ އާއި ޕޯސްޓަރު ފަދަ އެއްޗެހި ހިމެނިދާނެ އެވެ. އަދި ބައިވެރިން   #ShowYourRedsLocal ހޭޝްޓެގުން ޕޯސްޓުތައް ޓެގްކޮށް، ކަމާ ގުޅޭ ޕޭޖް ނުވަތަ އެކައުންޓް ޓެގް ކުރަން ޖެހެއެވެ. އެގޮތުން، ލިވަޕޫލް ފުޓްބޯޅަ ކުލަބުގެ މާނަ ސަޕޯޓަރުންނަށް ދޭހަވާ އޮޕްޝަނަލް ކެޕްޝަނެއް ވެސް ބޭނުންކުރެވިދާނެ އެވެ.

ދިވެހީންގެތެރެއިން މި މުބާރާތަށް ޝަރުތު ހަމަވާނީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތައް އެކަންޏެވެ. އަދި މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ލިވަޕޫލް ފުޓްބޯޅަ ކުލަބުގެ އޮފިޝަލް ފޭން ޕޭޖާއި ވިޒިޓް މޯލްޑިވްސް ވެސް ސޯޝަލްމީޑިއާގައި ފޮލޯކުރަންޖެހެއެވެ. ނަސީބުވެރިން ހޮވާނީ އުފެއްދުންތެރިކަމާއި، ފޮޓޯ ކޮލިޓީ އަދި ކޮމިއުނިޓީ އެންގޭޖްމަންޓަށް ބެލުމަށްފަހުއެވެ. މުޅި މުބާރާތުގެ އެއްވަނަ އިނާމަކަށް ހުށަހަޅާފައިވަނީ، ލިވަޕޫލާއި ޓޮޓްނަމް ބައްދަލުކުރާ މެޗުގެ ދެ ޓިކެޓާއި ލިވަޕޫލަށް ދެކޮޅު އެއާ ފެއާ އެވެ. އެކަމަކު އެކޮމޮޑޭޝަން ހިމަނައިފައެއް ނުވެއެވެ.

"ޝޯ ޔޯ ރެޑްސް" މުބާރާތް ކުރިއަށްދާނީ މި އޭޕްރީލް މަހުގެ 13 އިން 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު