ENGLISH
26 އޭޕްރީލު 2025
ކަލިއާރީ ބަލިކޮށް، އިންޓަރ އަށް ހަ ޕޮއިންޓުގެ ލީޑެއް
13 އޭޕްރީލު 2025
|
އިންޓަރ އަށް ލަނޑު ޖަހައިދިނުމަށް ފަހު ބިސެކް އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި ކަލިއާރީ 3-1 އިން ބަލިކޮށް، އިންޓަރ މިލާނުން ތާވަލްގެ ކުރީގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
މި މޮޅާއެކު، އިންޓަރ ވަނީ 32 މެޗުން 71 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި އުޅޭ ނަޕޯލީ އަށް 65 ޕޮއިންޓް ލިބިފައިވާއިރު، ހަ ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ޔުވެންޓަސް އެވެ. އެޓަލާންޓާ ހަތަރުވަނައިގައި އޮތީ 58 ޕޮއިންޓާއެކު އެވެ.
ސެން ސީރޯގައި ކުޅުނު މެޗުގައި އިންޓަރގެ ލަނޑުތައް ޖަހައިދިނީ މާކޯ އާނައުޓޮވިޗް، ލަޓާރޯ މާޓިނޭޒް އާއި ޔަން ބިސެކް އެވެ.
ކަލިއާރީގެ ހަމައެކަނި ލަނޑު ޖެހީ ރޮބާޓޯ ޕިކޯލީ އެވެ.
ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ޔުވެންޓަސްގެ ދަނޑުގައި އެ ޓީމުން ވަނީ 2-1 އިން ލެއްޗޭ ބަލިކޮށްފައެވެ.