ENGLISH

26 އޭޕްރީލު 2025

Advertisement

ކެރަމް ޤައުމީ ޓީމުގެ ސިލެކްޝަން ފަށައިފި

12 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

މީގެކުރީން ބޭއްވި ކެރަމް ޤައުމީ ޓީމުގެ ސިލެކްޝަންގެ ތެރެއިން. --ފޮޓޯ: އެމްއެމް

ކެރަމް ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ބާއްވާ އަހަރުގެ ދެވަނަ ސިލެކްޝަން ފަށައިފިއެވެ.

ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގައި ކުރިއަށްދާ މި ފަހަރުގެ ސިލެކްޝަންގައި އެންމެ ފަހުން އެކުލަވާލި ޤައުމީ ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ އިތުރުން ނިސްބަތުން ގިނަ ކުޅުންތެރިންތަކެއް ވާދަކުރެ އެވެ.

އިއްޔެ ފެށި ސިލެކްޝަންގައި އެންމެ ފުރަތަމަ ކުރިއަށްދިޔައީ ޕްރީ-ސިލެކްޝަން ބުރެވެ. އަންހެން އަދި ފިރިހެން ޑިވިޝަނުގެ ޕްރީ-ސިލެކްޝަންގައި މުޅިއެކު 29 ކުޅުންތެރިން ވާދަކުރެއެވެ.

ޕްރީ-ސިލެކްޝަންގައި ވާދަކުރާ ކުޅުންތެރިންގެ މެދުގައި ކުޅެމުންދާ މެޗުތަކަށްފަހު އެންމެ ކުރިހޯދާ ހަތަރު ކުޅުންތެރިއަކަށް ފިރިހެން އަދި އަންހެން ޑިވިޝަނުގެ ސިލެކްޝަންގެ ފުރަތަމަ ބުރަށް ކޮލިފައިވާނެ އެވެ.

މިފަހަރުގެ ސިލެކްޝަނަކީ އަންނަ ޖުލައި މަހުގައި ބޭއްވުމަށް ތާވަލްކުރެވިފައިވާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ކުރީން ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ބާއްވާ ފަހު ސިލެކްޝަނެވެ.

ސިލެކްޝަންގައި މިއަދު ކުރިއަށްދާނީ ފިރިހެން ޑިވިޝަނުގެ ޕްރީ-ސިލެކްޝަން ފަހު މެޗުތަކުގެ އިތުރުން ދެ ޑިވިޝަނުގެ ފުރަތަމަ ބުރުގެ މެޗުތަކެވެ.

ކިޔުންތެރިންގެ ހިޔާލު