ENGLISH

19 އޭޕްރީލު 2025

Advertisement

ދެވަނަ މެޗުން ވެސް ވެމްކޯ މޮޅުވެއްޖެ

11 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ވެމްކޯއާ ފްލެކްސަރ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވީއޭއެމް

މިހާރު ކުރިއަށްދާ ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަނުގައި އެންމެ ފަހުގެ ޗެމްޕިއަން، ކުލަބު ވެމްކޯ ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުން ވެމްކޯ ވަނީ 3-1 ސެޓުން ފްލެކްސަރ ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ.

ވެމްކޯ އިން މި މެޗުގެ ފުރަތަމަ ސެޓު 25-20 އިން ކާމިޔާބުކޮށްފައިވަނިކޮށް، ފްލެކްސަރ އިން ދެވަނަ ސެޓު ގެންދިޔައީ 25-22 އިންނެވެ.

އެއަށްފަހު، ދެން ކުޅުނު ދެ ސެޓުން ވެމްކޯ ކުރިހޯދީ 25-22 އަދި 26-24 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ޕަތިޔާ ޖުއަންގޖަން އެވެ.

މި މުބާރާތުގައި ވެމްކޯ އަށް ދެން އޮތީ މި މަހުގެ 14 ވާ ހޯމަ ދުވަހު ސިޓީ ފްރެންޑްސް ކުލަބާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު