ENGLISH
18 އޭޕްރީލު 2025
ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ފަރަންސޭސިވިލާތުން ބަލައިގަންނަނީ
10 އޭޕްރީލު 2025
|
ފްރާންސްގެ ރައީސް މެކްރޮން.
ކުރިއަށް އޮތް ދެ ތިން މަސް ދުވަހުގެ ތެރޭގައި، ފަލަސްތީނުގެ މިނިވަން ދައުލަތް ފަރަންސޭސިވިލާތުން ބަލައިގަންނާނެކަމަށް، އެ ޤައުމުގެ ރައީސް އިމެނުއެލް މެކްރަން އިޢުލާނުކުރައްވައިފިއެވެ.
ފަރަންސޭސިވިލާތުގެ ޓީވީ ސްޓޭޝަނަކަށް ދެއްވި އިންޓަވިއުއެއްގައި، މެކްރަން ވިދާޅުވީ، މި ނިންމުން ރަސްމީކޮށް އިޢުލާނުކުރަނީ، އަންނަ ޖޫން މަހު ފަލަސްތީނުގެ ޙަލާތާ ގުޅިގެން އދ.އިން އިސްވެ ބާއްވާ ބައްދަލަވުމުގައި ކަމަށެވެ.
ސައުދީ އަރަބިއްޔާއާ އެކު އެ ބައްދަލުވުމުގެ ކޯ ޗެއާ އަކީ ފަރަންސޭސިވިލާތެވެ.
މެކްރަން ވިދާޅުވި ގޮތުގައި، ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަންނަނީ އެއްވެސް ފަރާތެއް ރުއްސަން ނޫން ކަމަށާއި، އެއީ ރަނގަޅު ގޮތް ކަމަށްވާތީއެވެ.
ފަރަންސޭސިވިލާތުގެ މި ނިންމުމަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމުގައި އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފަލަސްތީނުން ވަނީ ސިފަކޮށްފައެވެ.
ނަމަވެސް، އިޒްރޭލުން މި ނިންމުން ސިފަކޮށްފައިވަނީ ޙަމާސް ޖަމާޢަތަށް ލިބޭ އިތުރު ހިތްވަރެއްގެ ގޮތަށެވެ.
އދ.ގެ 193 މެމްބަރު ޤައުމުތަކުގެ ތެރެއިން މިހާތަނަށް 146 ޤައުމަކުން ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގެންފައެވެ.