ENGLISH

17 އޭޕްރީލު 2025

Advertisement

ސީދާ އީރާނާ އެކު ނިޔުކްލިޔަރ މަޝްވަރާތައް ފަށަން ތައްޔާރުވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

08 އޭޕްރީލު 2025

|

ހަސަން އާމިރު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އީރާނުން ކުރިއަށް ގެންދާ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭ ގޮތުން އެ ޤައުމާ އެކު ސީދާ މަޝްވަރާތައް ފަށަން ތައްޔާރުވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރައްވައިފިއެވެ.

ޓްރަމްޕް މިގޮތަށް ވިދާޅުވެފައިވަނީ، އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު އެމެރިކާގެ ވައިޓް ހައުސްގައި ބޭއްވި މަޝްވަރާތަކަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، މި މަޝްވަރާތައް ފެއިލްވެއްޖެނަމަ، އެކަމުގެ ނުރައްކާ އީރާނަށް ބޮޑުވާނެއެވެ.

ނަމަވެސް، އީރާނުން ބުނީ އޮމާނުގައި އެމެރިކާގެ އިސް އޮފިޝަލުންނާ އެކު ބައްދަލުކުރަން އެއްބަސްވެފައިވާ ކަމަށާއި، ނަމަވެސް އެއީ "ނުސީދާ" މަޝްވަރާތަކެއް ކަމަށެވެ.

ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގައި ވަނީ 2015 ވަނަ އަހަރު އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ވެފައިވާ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާ ވަކިކޮށްފައެވެ. އެއަށް ފަހު އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އެމެރިކާއިން އެ ގޮތަށް ޢަމަލު ކުރުމުން އީރާނުން ވަނީ ނިއުކްލިއަރ އެއްބަސްވުމާ ޚިލާފަށް ޢަމަލު ކުރަން ފަށައި، ނިއުކްލިއަރ ބާރަކަށް ވުމުގެ މަސައްކަތް އަވަސްކޮށްފައެވެ.

އީރާނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮތްހާ ހިނދަކު އެމެރިކާއާ އެކު ކުރާނެ މަޝްވަރާއެއް ނޯންނާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް، ޓްރަމްޕް ގެންދަވަނީ އީރާނުގެ ނިއުކްލިޔަރ ޕްރޮގުރާމާ ގުޅޭ ގޮތުން އެ ޤައުމާ އެކު އެއްބަސްވުމެއް އެކުލަވައިލުމަށް އެމެރިކާއިން ބޭނުންވާ ކަމަށް ވިދާޅުވެ، އެކަމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު