ENGLISH
10 މޭ 2025
ސެމީގައި ކާސިންޖީން އާއި ޓީއެފްޓީ، ޒެޕޯ-ލޮރެންޒޯ ބައްދަލުކުރާން ޖެހިއްޖެ
04 އޭޕްރީލު 2025
|
ޢީދު ބައިބަލާ ޗެލެންޖްގައި ބީޖީ ސްޕޯޓްސްއާއި ކުލަބު ކާސިންޖީ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ފިޠުރު ޢީދުގެ މުނާސަބަތުގައި ބާއްވާ "ޢީދު ބައިބަލާ ޗެލެންޖް 1446" ގެ ސެމީ ފައިނަލުގައި ވާދަކުރާ ޓީމުތައް ކަށަވަރުވެއްޖެއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށްދާ މި އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް މިރޭ ކުޅުނުއިރު، އެންމެ ފަހުގެ ރަނަރަޕް، ކުލަބު ކާސިންޖީން ވަނީ ބައިބަލާގެ ރަސްގެފާނު ކަމަށްވާ، ބީޖީ ސްޕޯޓްސް ކުލަބު ކަޓުވާލައިފައެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅުނު ފުރަތަމަ މެޗުގައި ސީދާ ދެ ގޭމުން ޓީސީ ސްޕޯޓްސް ކުލަބު އަތުން ޓީއެފްޓީ މޮޅުވިއިރު، ލޮރެންޒޯ ސްޕޯޓްސް ކުލަބުން ވަނީ ސީދާ ދެ ގޭމުން އެލްޓީ ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ.
ތިންވަނަ މެޗުގައި ކާސިންޖީން ވަނީ މުބާރާތް 10 ފަހަރު ކާމިޔާބުކޮށްފައިވާ ބީޖީ އަތުން ސީދާ ދެ ގޭމުން މޮޅުވެފައެވެ. ކުއާޓާގެ ފަހު މެޗުގައި ކުޑަހެންވޭރު ލަޔަންސް އަތުން ޒެޕޯ މޮޅުވީ ވެސް ސީދާ ދެ ގޭމުންނެވެ.
މިރޭގެ މެޗުތަކަށްފަހު ސެމީގައި ކުޅެންޖެހޭ މެޗުތައް ކަށަވަރުވެފައިވާއިރު، ފުރަތަމަ ސެމީގައި ޓީއެފްޓީ ނިކުންނާނީ ކާސިންޖީއާ ދެކޮޅަށެވެ. އަނެއް ސެމީގައި ލޮރެންޒޯ ބައްދަލުކުރާނީ ޒެޕޯއާ އެވެ.