ENGLISH
30 މޭ 2026
ވޯލްޑް ޓްރެވަލް އެވޯޑްސް ސެޕްޓެމްބަރުމަހު، ރަސްމީ މަންޒިލަކީ ކްރޮސްރޯޑްސް
30 މޭ 2026
|
ވޯލްޑް ޓްރެވަލް އެވޯޑްސް ރާއްޖޭގައި ބޭއްވުމުގެ ތައްޔާރީތައް އަންނަނީ ވަމުން. ފޮޓޯ؛ވިޒިޓް މޯލްޑިވްސް.
އެންމެ މަޤްބޫލު
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް" (ޑަބްލިޔުޓީއޭ) މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައި، އެ ހަފުލާގެ ރަސްމީ މަންޒިލަކަށް ކްރޮސްރޯޑްސް މޯލްޑިވްސް ހަމަޖައްސައިފި އެވެ.
މިއީ ނުވަ އަހަރު ފަހުން މި އެވޯޑް ރާއްޖޭގައި ބާއްވާ ފަހަރެވެ.
މި އެވޯޑަކީ އިންޑިއާ އިންޑިއަން އޯޝަންގެ އިތުރުން އޯޝަނިއާ އަދި އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުން ފާހަގަކޮށްދޭ އެވޯޑެކެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ޑަބްލިއުޓީއޭގެ، މި ތިން ސަރަހައްދުގެ ގާލާ ސެރެމަނީ ބޭއްވުމަށް ހަމަޖެހިފައިވަނީ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. މިފަހަރުގެ އެވޯޑް ހަފުލާގައި އިންޑިއާ ކަނޑުގެ އިތުރުން އޭޝިއާ އަދި އޯޝޭނިއާ ސަރަހައްދުގެ ވަނަތައް ހޮވުމަށް ވެސް ވަނީ ތާވަލުކޮށްފަ އެވެ.
ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި، މި އެވޯޑް ހަފުލާގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ރާއްޖެއިން ފަތުރުވެރިންނަށް އަދާކުރާ މެހެމާންދާރީގެ އިތުރުން، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ދުނިޔޭގެ ލީޑަރުންނަށް ދައްކާލުމަށް ބޮޑު މަގަކަށް ވެގެންދާނެ އެވެ.
ރާއްޖޭގައި އެންމެ ފަހުން ވޯލްޑް ޓްރެވަލް އެވޯޑްސް ބާއްވާފައިވަނީ 2017 ވަނަ އަހަރެވެ. ރާއްޖެއަކީ މިހާރުވެސް ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ މަގާމު ފަހުރުވެރިކަމާއެކު ދަމަހައްޓަމުން އަންނަ ގައުމެކެވެ.