ENGLISH

26 ނޮވެމްބަރު 2024

ހުޅުމާލޭގައި 15 މަލްޓި-ލެވެލް ޕާކިންގ އިމާރާތް އެޅުމަށް ސަރުކާރުން ނިންމައިފި

13 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ހުޅުމާލޭގައި ތަރައްގީކުރާ މަލްޓި ލެވަލް ޕާކިން ބިލްޑިންގެ ކުރެހުމެއް

މާލެ ސަރަޙައްދުގެ ޕާކިން މައްސަލަ ޙައްލުކުރުމަށްޓަކައި ހުޅުމާލޭގައި 15 މަލްޓި-ލެވެލް ޕާކިން އިމާރާތް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަޤްޞަދަކީ މާލެ ސަރަޙައްދުގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް އަދި ޕާކިން ދަތިކަން ވެސް ޙައްލުކޮށް، އުޅަނދު ރަޖިސްޓްރީކުރުމުގެ ނިޒާމު ހަރުދަނާކުރުމެވެ.

މި ޕާކިން އިމާރާތްތަކަކީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ހިންގާ، ތިމާވެއްޓާ ރައްޓެހި އިމާރާތްތަކެކެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ސިޓީ ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި އިމާރާތްތަކުގައި ޖުމްލަ 4،000 އަށްވުރެ ގިނަ ޕާކިން ޖާގަ ހުންނާނެއެވެ. ކުރު އަދި ދިގު މުއްދަތަށް ޕާކުކުރުމަށް ޒަމާނީ ސްމާޓް ޕާކިން ޙައްލުތައް މީގެ ތެރޭގައި ހިމެނޭނެއެވެ.

މި މަޝްރޫޢުގެ ދަށުން އަޅާ ކޮންމެ އިމާރާތެއްގައި ވެސް ރޫފްޓޮޕް ޓެރަސްތަކާއި، ކެފޭތަކާއި، މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި، އިލެކްޓްރިކް ވެހިކަލްތަކަށް ޗާޖުކުރެވޭނެ ގޮތް ހަމަޖައްސާފައި ހުންނާނެއެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެނިކުމެވޭނެ ގޮތަށް ޑިޒައިންކުރެވިފައި ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު