ENGLISH

26 ނޮވެމްބަރު 2024

އަންނަ އަހަރު ސަރުކާރު ސްކޫލުތަކުގެ ގްރޭޑް 1 އަށް ވަނުމަށް ފޯމް ހުށަހެޅުމަށް ބާކީ 2 ދުވަސް!

13 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

މާލޭ ސްކޫލް ދަރިވަރުން

ދެހާސް ފަންސަވީސް ވަނަ އަހަރުގެ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާން ދެ ދުވަސް ބާކީ އޮތުމުން،  ފޯމް ހުށަނާޅާ ތިބި ބެލެނިވެރިންނަށް އެކަން އަވަސް ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިލްތިމާސްކޮށްފިއެވެ.

މިނިސްޓްރީން  ބުނެފައިވާ ގޮތުގައި، މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލުތަކުގެ ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް ހުޅުވާލި މުއްދަތުގައި ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ފޯމް ހުށަހަޅައިފައެވެ. 

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ފޯމް ހުށަހެޅުމުގެ ދެވަނަ ފުރުޞަތަކަށް ހުޅުވާލަން ޖެހިއްޖެ ހާލަތެއްގައި، އެ ކުދިންނަށް ޖާގަ ދެވޭނީ ފުރަތަމަ ފުރުޞަތުގައި ފޯމް ހުށަހެޅި ކުދިންނަށް ޖާގަ ދިނުމަށްފަހު ކަމަށެވެ. މިފަދަ ހާލަތެއްގައި، ފަހުން ފޯމް ހުށަހަޅާ ކުދިންނަށް، އެ ކުދިންނާ އެއް ޢާއިލާއެއްގެ ކުދިން އުޅޭ ސްކޫލުތަކުން ޖާގަ ނުލިބުމުގެ ފުރުޞަތު ބޮޑުވެދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސުންގަނޑިއަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން، މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް 1 އަށް ދަރިވަރުން ވައްދަން ޖެހޭ ބެލެނިވެރީން، ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުއްވުމަށް މިނިސްޓްރީއިން އިލްތިމާސްކުރައްވައެވެ.

ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 15 ނޮވެންބަރު 2024 ކަމަށް މިނިސްޓްރީން ހަނދާންކޮށްދީފައިވެއެވެ.

ފޯމް ހުށަހެޅުމުގެ ސުންގަޑި: 15 ނޮވެންބަރު 2024

ފޯމް ހުށަހެޅުމުގެ ލިންކް: https://myoffice.moe.gov.mv/forms/id/2

ކިޔުންތެރިންގެ ހިޔާލު