ENGLISH

08 އޭޕްރީލު 2025

Advertisement

މެސީ އަށް އަނިޔާވެ، ބްރެޒިލް އާއި އުރުގުއޭ މެޗު ގެއްލިއްޖެ

17 މާރިޗު 2025

|

މުޙައްމަދު އަދުހަމް

އާޖެންޓީނާގެ ކެޕްޓަން، މެސީ. --ފޮޓޯ: ގެޓީ އިމޭޖަސް

ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގައި އުރުގުއޭ އާއި ބްރެޒިލްއާ ދެކޮޅަށް ކުޅެން އޮތް މެޗުތަކުގައި އަނިޔާގެ ސަބަބުން އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ އަށް ނުކުޅެވޭނެ ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 37 އަހަރުގެ މެސީ އަށް އާޖެންޓީނާގެ ވަގުތީ ސްކޮޑުން ޖާގަ ލިބުނު ނަމަވެސް، ކޯޗު، ލިއޮނަލް ސްކަލޯނީ މިއަދު އިއުލާނުކުރި 25 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މެސީ އަށް ކުރިމަތިވެފައިވަނީ މަސަލް އިންޖަރީއެކެވެ. މެސީގެ އަނިޔާއާ ގުޅޭގޮތުން އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އެންމެ ފަހުގެ މީޑިއާ ޚަބަރުތައް ބުނާގޮތުން، މެސީ އަށް އަނިޔާވެފައިވަނީ މޭޖާ ލީގު ސޮކާގައި އެޓްލާންޓާ ޔުނައިޓެޑް އަތުން 2-1 އިން އިންޓަރ މިއާމީ މޮޅުވި މެޗުގައި ކަމަށެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާގެ ގްރޫޕުގެ އެއްވަނައިގައި އުޅޭ އާޖެންޓީނާ އެންމެ ފުރަތަމަ ރަށުން ބޭރުގައި މި މަހުގެ 22 ވަނަ ދުވަހު އުރުގުއޭއާ ބައްދަލުކުރާއިރު، އޭގެ ހަތަރު ދުވަސް ފަހުން އަމިއްލަ ދަނޑުގައި ނުކުންނާނީ ވާދަވެރި ބްރެޒިލްއާ ދެކޮޅަށެވެ.

މިހާތަނަށް ކޮލިފައިންގައި ކުޅުނު މެޗުތަކަށް ފަހު، 12 މެޗުން 25 ޕޮއިންޓާއެކު އެއްވަނައިގައި އާޖެންޓީނާ އޮތްއިރު، ފަސް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އުރުގުއޭ އެވެ. ތިންވަނައިގައި އޮތް އެކުއޭޑޯ އަށް 19 ޕޮއިންޓް ލިބިފައިވާއިރު، ހަމަ މި އަދަދަށް ޕޮއިންޓް ލިބިގެން ފައިދާ ގޯލްގެ ތަފާތުން ހަތަރު ވަނައިގައި އޮތީ ކޮލަމްބިއާ އެވެ. ބްރެޒިލް އޮތީ 18 ޕޮއިންޓާއެކު ފަސްވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު